ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފާނެތީ އެމެރިކާގައި ތިބި ރަޝިއާ މަހުޖަނުންގެ ޔޮޓުތައް ރާއްޖެއަށް ގެންނަން މަސައްކަތް ކުރާ ކަމަށް ބޭރުގެ މީީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
ބޭރުގެ މަޝްހޫރު މީޑިއާއެއް ކަމަށްވާ ސީއެންބީސީން ބުނީ އެމެރިކާއިން ރަޝިއާ ވިޔަފާރިވެރިންގެ، އެސެޓްތައް ފްރީޒްކޮށްފާނެ ކަމުގެ ބިރަށް ޔޮޓްތައް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ފާހަގަ ކުރެވުނީ މެރިން ޓްރެފިކް ޑާޓާތައް އެ ނޫހުން ރިވިއުކުރި އިރު ކަމަށް ވެސް އެ ނޫހުން ވަނީ ބުނެފައެވެ.
ޔޮޓުތައް ރާއްޖެއަށް ފޮނުވުމުން އެމެރިކާއިން އަމުރު ކުރި ނަމަވެސް ޔޮޓުތައް ފްރީޒް ނުކުރެވޭނެއެވެ. ޔޮޓުތަކުގެ އިތުރިން ރަޝިއާ ވިޔަފާރިވެރިންގެ ގެތަކާއި ކާރުތައްވެސް ފްރީޒް ކުރަން އެމެރިކާއިން ވަނީ ނިންމާފައެވެ. ނަމަވެސް އަދި އެގޮތަށް އަމަލެއް ނުކުރެއެވެ.
އެމެރިކާއިން ރަޝިއާ ވިޔަފާރިވެރިންގެ އެސްޓް ފްރީޒް ކުރަނީ ޔޫރަޕިއަން ޔޫނިއަންއިން އެގޮތަަށް ނިންމުމުނެވެ. މިއީ އެ ގައުމުން ޔޫކްރޭނަށް ދެމުން އަންނަ ހަމަލާތައް ހުއްޓުވުމަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކެވެެ.
ބައެއް ބައިނަލްއަގުވާމީ ބޭންކުތަކުގައި ހުރި ރަޝިއާ ވިޔަފާރިވެރިންނާއި އިސްވެރިންގެ އެކައުންޓުތައް ވެސް ވަނީ ފްރީޒްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!