މިއަހަރުގެ ރޯދަމަހާ ގުޅުވައިގެން އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން ފަށައިފިއެވެ.
މިއަދު އެ ކުންފުނީގެ ހޯލްސޭލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އާއި އެ ކުންފުނީގެ ޕީޕަލްސް ޗޮއިސްގެ ޖެނެރަލް މެނޭޖަރު އަހުމަދު ޝިފާންއެވެ.
މިއީ އެސްޓީއޯގެ ރަމަޒާން ބާޒާރު 2022ގެ ދަށުން ފެށި ޕްރޮމޯޝަނެކެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަނުގައި އެސްޓީއޯ ހޯލްސޭލް ސެންޓަރުން 1000ރ. އިން މަތިން ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ކޫޕަނެއް ލިބޭނެއެވެ. މީގެ ތެރެއިން ގުރުއަތުން ހޮވާލެވޭ ތިން ނަސީބުވެރިންނަށް ރަށު ޕިކަޕު ލިބޭނެއެވެ.
އަދި ކޮންމެ ހަފުތާއަކު ހޮވާ ތިން ނަސީބުވެރިންގެ ތެރެއިން ކޮންމެ މީހަކަށް 1500ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެއެވެ.
އެ ޕްރޮމޯޝަނުގެ ދަށުން ހޯލްސޭލް ސެންޓަރުން ވިއްކާ ކްރޫގާ ޕާސްތަނުސާ ގެ 400 ގްރާމް ޗޮކްލެޓް ސްޕްރެޑްގެ ދެ ކާޓަން ގަތުމުން އެ ބްރޭންޑުގެ ޑާކް ޗޮކްލެޓް ސްޕްރެޑް ކާޓަނެއް އަދި ޑުއޯ ސްޕްރެޑްގެ 400 ގްރާމްގެ ކާޓަން ގަތުމުން އެ ބްރޭންޑުގެ ކޮކޯ ޕައުޑަ ކާޓަން ހިލޭ ލިބޭނެއެވެ. އަދި އަލްނޫރު ބްރޭންޑުގެ ހިކި ކިރުގެ ކޮންމެ ދެ ކާޓަނަކާއެކު ޕާސްތަ ނުސާ ޑާކް ޗޮކްލެޓް ކާޓަނެއް ހިލޭ ލިބޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!