ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ވިލިމާލެ ސާފު ކުރުމުގެ ޕްރޮގްރާމެއް ބާައްވައިފިއެވެ.

މިއީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީއާ ގުޅިގެން އެ ކުންފުނިން ހިންގި ހަރަކާތެކެވެ. މި ދެ އިދާރާ ގުޅިގެން ހިންގި ފުރަތަނަ ހަރަކާތެވެ.

Ad
rt

ވެމްކޯއިން ބުނީ މާލެ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ރާވާ ކަންކަމުގައި ވެމްކޯއިން އެއްބާރުލުން ދޭނެ ކަމަށެވެ.

އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތުގައި ވިލިމާލެ ބީޗް ސަރަހައްދު ވަނީ ސާފުކޮށްފައެވެ. އަދި ވެމްކޯގެ ފަރާތުން ތިމާވެއްޓާ ރައްޓެހި ކޮތަޅު ވަނީ ބައިވެރިންނާ ހަވާލު ކޮށްފައެވެ.