ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ބޮޑު ހަރަކާތެއް ވެރިރަށް މާލޭގައި ބާއްވަންޖެހިދާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ބުނެފި އެވެ.
އިދިކޮޅު ކޯލިޝަނުން މިހެން ބުނެފައިވަނީ، އިއްޔެ ގއ. ވިލިނގިލީގައި ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ވަރަށް އަވަހަށް މާލެ ސިޓީގައި މިހަރަކާތުގެ ބޮޑު އެވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ހަރަކާތް އިތުރު ކުރަންޖެހޭ ކަމަށާއި ރާއްޖޭގެ މިނިވަންކަން ގެއްލިގެންދާތަން ބަލަން ދިވެހި އެއްވެސް ރައްޔިތަކު ބޭނުންވާނެ ކަމަށާއި، މި ހަރަކާތުން ނެރެން ބޭނުންވާ ނަތީޖާއަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުވުން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
"މާލެއަށް އަރަން އެބަ ޖެހޭ، މާލޭގައި އިންޑިއާ އައުޓް ޖައްސަން އެބަ ޖެހޭ،"
ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވި އެވެ.
އިއްޔެގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާ ވިދާޅުވީ މާލޭގައި އިންޑިޔާ އައުޓް ހަރަކާތުގެ ބޮޑު އެއްވުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށާއި އެ ހަރަކާތަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން މާލެއަށް އައުމަށް އިދިކޮޅުން ގޮވައިލުމުން ހުރިހާ ބޭފުޅުންވެސް މާލެއަށް ވަޑައިގަތުމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!