ހިޖާމާ ޖެހުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތުން ސާބިތުވެފައިވާ ފަރުވާއެކެވެ. އެއީ ދީނީ ގޮތުން ހުއްދަ އަދި އެކަމުގެ ފައިދާ އިންތިހާއަށް އޮތް ފަރުވާއެކެވެ. އެކި ބަލިތަކަށް ހިޖާމާގެ ސަބަބުން ޝިފާ ލިބިގެން ދެއެވެ.

މި ލިއުމުގައި މިއަލި އަޅުވާލަނީ ފަހުގެ ދިރާސާތަކުގެ އަލީގައި ހިޖާމަ ޖެހުމުން ހަށިގަނޑަަށް ކުރާ ފައިދާ ތަކުގެ މައްޗަށެވެ.

Ad
rt

ހިޖާމާ ޖެހުން ނުވަތަ ކަޕިން އަކީ ޗައިނީސް މެޑިސިންގެ ތެރޭގައިވެސް ފުޅާ ދާއިރާއެއްގައި ދެމުން އަންނަ ފަރުވާ އެކެވެ. ހިޖާމާ ޖަހާއިރު މިކަން ކުރަން ދަންނަ ތެރަޕިސްޓަކު ބޭނުން ކުރުމަކީ ވަރަށް މުޙިއްމު ކަމެކެވެ.

އެންމެ އާދައިގެ ރޯގާއިން ފެށިގެން ނަފްސާނީ ބަލިތަކުގެ ފަރުވާއަށްވެސް ހިޖާމަ ޖަހައެވެ. އެގޮތުން ޑިޕްރެޝަން، އާތްރައިޓިސް، އެންޒަައިޓީ، ސްކިއާޓިކާ، ގޮހޮރުގެ އިންފެކްޝަންސް، މަސްގަނޑުގައި ހުންނަ ތަދުތައް އަދި ސެލިއުލިޓްސް އަދި ސްތްރެޗްމާކްސް ފިލުވުމަސްވެސް ހިޖާމަ ޖެހިދާނެއެވެ.

އިންޓަނޭޝަނަލް ކަަޕިންގް ތެރަޕީ އެސޯސިއޭޝަން (އައި.ސީ.ޓީ.އޭ) އިން ހާމަކޮށްފައިވާ ގޮތުގައި، ހިޖާމަ ޖެހުމުން ހަންގަނޑުގެ އެންމެ އެތެރެ ފަށަލަަ ހަކާތްތެރިވާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ހަށިގަނޑުގައި ހުންނަ ދުޅަތައް ހިޖާމަ ޖެހުމުން ތިރިކޮށްދީ ލުއި ލިބޭކަމަށް ބުނެފައިވެއެވެ. އަދި ހަށިގަނޑުގެ އިމިއުން ސިސްޓަމް ވަރުގަދަވެ އިންފެކްޝަންސްތަކާއި ވެސް ދުރުކޮށްދެއެވެ. ހަންގަނޑަށް ބޭނުންވާ ލޭ ދައުރުވުން ރަނގަޅުކޮށްދީ، ހަންގަނޑު ދަމާލައެވެ. ހަށިގަނޑުގެ އެނާޖީ ލެވެލް މަތިކޮށްދީ ހަށިގަނޑަށް ބޮޑެތި ބަދަލުތައް ލިބެއެވެ.

ސައުދީ އަދި މިސްރުގައި ބޭނުންކުރާ "އަލް ހިޖާމަ" ތެރަޕީ އަކީ ތެތް ހިޖާމައެކެވެ. މިއީ އިމިއުނިޓީ ވަރުގަދަ ކުރުމަށް ޖެހޭ ހިޖާމައެއްކަަމަށް ތެރަޕިސްޓުން ބުނެއެވެ. މި ހިޖާމަ ޖެހުމުން ހަށިގަނޑުގެ ދުޅަހެޔޮކަން ވަރުގަދަވެ ކުދި ކުދި ބަތަކުން ސަލާމަތްވުމަށް އެހީވެދެއެވެ.

ސައުދީ އަދި މިސްރުގެ ރިސާޗް ޓީމުން ހަދާފައިވާ ދިރާސާއަށް ބަލާއިރު، ފާމަސީ ބޭހާއި އެކު ހިޖާމަ ޖެހުމުން ހަށިގަނޑުގެ އިމުނިޓީ ލެވެލް 156 އިންސައްތަ އަށް މަތިވެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. ނަމަވެސް ހިޖާމަ ތެރަޕީއިން އެކަނިވެސް ހަށިގަނޑުގެ އިމިއުނިޓީ ލެވެލް 133 އިންސައްތަ އިތުރުވާކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.

މީގެ އިތުރުން، ގިނަ ދުވަސްވެފައި ހުންނަ ތަދުތަކަށްވެސް ލުއި ލިބެ އެވެ. އެގޮތުން ފުރަތަމަ މަހުގައި ތަދުވާ މިންވަރު 35 އިންސައްތަ ދަށްކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. ދެ މަހުގެ ތެރޭގައި ތަދު 40 އިންސައްތަ ދަށްވެ ތިން މަސް ދުވަހުގެ ތެރޭގައި 59 އިންސައްތަ ދަށްވާކަމަށް ވަނީ ރެކޯޑުކުރެވިފައެވެ. މި ދިރާސާގައި ގިނައިން ފަރުވާ ދީފައިވަނީ އާތްރައިޓިސް އަދި އެކި ގޮތްގޮތުން ހަށިގަނޑަށް އަނިޔާވެ ލިބިފައިވާ ތަދުތަކަކަމަށް ތެރަޕިސްޓުން ފާހަގަކުރެއެވެ.

ހިޖާމަ ޖަހައިގެން ހާޕީސް، އިންފްލުއެންޒާ، ވައިރަލް ހެޕަޓައިޓިސް، ހަމުގެ ބަލިތައް، ޑާމަޓާއިޓިސް، ސެލިއުލިޓްސް އަދި އެކި ކަހަލަ ޞިއްޙީ ކަންކަމަށް ވަނީ ފަރުވާ ދެވިފައެވެ. ހިޖާމަ ޖެހުމުން މި ބަލިތަކަަށް ޝިފާ ލިބި ހަށިގަނޑުގެ ނާރުތަކަށް ދިމާވާ ބަލިތަކުންވެސް މިހާ ދުރުކޮށްދެއެވެ. އެގޮތުން ނާރުތަަކުން ސިކުނޑި ކޮންޓްރޯލް ކުރާ ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނޭ ސެކްރޮޓޮނިން، ޑޮޕަމައިން، އެންޑޯފިންސް ފަދަ ހިއްސުތައްވެސް ހިޖާމަ ޖެހުމުން ރަނގަޅުވެއެވެ. އަދި ހިތުގެ ބަލިތަކަށްވެސް ފަރުވާ ލިބޭއިރު ހާޓް އެޓޭކް ޖެހޭ މިންވަރު ދަށްކޮށްދީ މައިގްރޭން އަދި ބޮލުގައި ރިއްސާ މީހުންނަށްވެސް ހިޖާމާ ޖެހުމުން ފަރުވާ ލިބޭކަމަށް ދިރާސާއިން ދައްކައެވެ.

އީރާނުގެ ކާމްނެޝާހް ޔުނިވާސިޓީ އިފް މެޑިކަލް ސައިންސް އަދި އެމެރިކާގެ ބާމިންގްހަމްގެ ޔުނިވާސިޓީ އޮފް އަލްބަމާ އިން ހަދާފައިވާ ދިރާސާއަށް ބަލާއިރު، ހިޖާމަ ޖެހުމުން ބޮލުގައި ރިއްސާ މިންވަަރު 66 އިންސައްތަ ދަށްކޮށްދެއެވެ. މިއީ ހިޖާމަ ޖަހައިގެން 28 ދުވަހުގެ ތެރޭގައި ހަދާފައިވާ ދިރާސާއެއްގެ ނަތީޖާއެވެ. މި ދިިރާސާއަށް ބަލާއިރު، ހިޖާމަ ޖެހުމުން މައިގްރޭން އަދި ބޮލުގައި ރިއްސާ މީހުންނަަށް ފާމަސީ ބޭހަަށްވުރެ ހިޖާމަ ޖެހުމުން ލުއި ލިބޭ މިންވަރު ރަނގަޅުކަމަށް ދައްކައެވެ.

މީގެ އިތުރުން ޙިޖާމާޖެހުމުގެ ބައެއް ފައިދާތަކާއި ފަރުވާގެ ތެރޭގައި ލޭ ސާފުވުން، ހިތުދަސްކުރުމުގެ ބާރު ގަދަވުން ހިމެނެއެވެ. އަދި މަސްގުޅަކެއުން، ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް، ލޭމަތިވުން، ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް، ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް، މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން، ނިދިގިނަވުމާއި ކަންނެތްކަން، ހަމުގެ މައްސަލަތައް، ޒަޚަމުވެފައިވާތަންތަން ދޮސްގަތުން، ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް، ބަނޑުހަރުވުމާއި ބަނޑުދިޔާވުން، ހަކުރުބަލި، ލޮލުގެ ބަލިތައް، ވާގިނެތޭބަލި އަދި ސިހުރަށް ފަރުވާ ހޯދެއެވެ.