ތިލަދުންމަތީގެ 3 ރަށް ހިމެނޭހެން 10 ރަށެއްގައި ވޮލީ ކޯޓް އަޅަން ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވޮލީ ކޯޓް ޤާއިމްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެގެން އިޢުލާން ކޮށްފައިވަނީ މި 10 ރަށަށް ވަކިންނެވެ.

Ad
rt

އެގޮތުން ތިލަދުންމަތިން ވޮލީ ކޯޓް އެޅުމަށް އިޢުލާން ކޮށްފައިވަނީ ހއ.ހޯރަފުށި، ހދ.ވައިކަރަދޫ އަދި ހދ.ކުރިނބީ އެވެ. މީގެ އިތުރުން އިޢުލާން ކޮށްފައިވާ ރަށް ތަކަކީ ނ.މާފަރު، ބ.ކިހާދޫ، ބ.ދަރަވަންދޫ، ޅ.ކުރެންދޫ، އއ.ހިމަންދޫ، ގއ.ކަނޑުހުޅުދޫ އަދި ގއ.މާމެންދޫ އެވެ.

މި މަސައްކަތާއި ގުޅޭ މަޢުލޫމާތު އެ އިޢުލާންތަކާއި އެކު ވާނީ ގެޒެޓްކޮށްފަ އެވެ.

އަތޮޅު ތެރޭގައި ވޯލީ ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުން އަންނަ މަސައްކަތުގެ ދަށުން މިދިޔަ އަހަރުވެސް ވަނީ ގިނަ ރަށްތަކެއްގައި ވޮލީކޯޓު އަޅާ ނިންމާފަ އެވެ.

ރާއްޖޭގައި ވޮލީއަކީ ދެވަނައަށް އެންމެ މަގްބޫލް ކުޅިވަރެވެ.