ޑްރަގްގެ ބޮޑެތި ދައުވާތަކެއް އުފުލިފައިވާ ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓް) ބަންދުން ދޫކޮށްލައިފި އެވެ.

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ އަހަރު ހައްޔަރުކުރި ޕެސްޓްގެ މައްޗަށް ދައުލަތުން ގިނަ ދައުވާތަކެއް ކުރެ އެވެ. އޭގެ ތެރޭގައި އުމުރަށް ޖަލަށްލެވޭ ފަދަ ކުށްތައް ވެސް ހިމެނެ އެވެ. އޭނާ ހައްޔަރުކުރި ފަހުން މިއަދާ ހަމައަށް ވެސް ހުރީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ.

Ad
rt

ޕެސްޓް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުުން އެންގީ މިއަދު ބޭއްވި އަޑުއެހުމުގައި އެވެ. އޭނާ ދޫކޮށްލީ ބޭސްފަރުވާއަށްޓަކައި ޝަރުތުތަކާ އެކު ދެ މަސް ދުވަހަށެވެ. އޭނާއަށް ޝަރުތުކުރީ ބޭސްފަރުވާއަށް ނޫން ގޮތަކަށް ގެއިން ބޭރަށް ނުނިކުތުމަށެވެ. އޭނާ ދޫކޮށްލަން ދައުލަތުން ދެކޮޅެވެ.

ޕެސްޓް ބަންދުކުރި މައްސަލަ އޭނާގެ ފަރާތުން ކުރިން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އޭނާ ބަންދު އެ ކޯޓުން ވެސް އޭރު ދެމެހެއްޓި އެވެ.