ރަޝިއާ އާއި ޔޫކްރެއިންގެ މައްސަލަ ހޫނުވެ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ކުއްލިއަކަށް މަތިވެއްޖެއެވެ.

ދުނުޔޭގެ ބާޒާރުގައި މުިހާރު ތެޔޮ ފީފާއެއްގެ އަގު ހުރީ 99.38 ޑޮލަރު (1532ރ.) އަށެވެ. މި އަދަދަށް އެރީ އިއްޔެއާ މިއަދާ ދޭތެރޭގައެވެ. އިއްޔެއިން ފެށިގެން ތެލުގެ އަގަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.

Ad
rt

މިއަދު ކުއްލިއަކަށް ތެލުގެ އަގު އުފުލުނީ ރަޝިއާ އިން ޔުކެރެއިނަށް އަރަން ނިންމުމާ އެކުގައެވެ. ރަޝިއާ އާއި ޔުކްރެއިންގެ މައްސަލަ ހައްލު ވެއްޖެ ނަމަ ތެލުގެ އަގު ނުއުފުލި ހުންނާނެ ކަމަށް މިދިޔަ ހަފުތާގައި ތަޖުރިބާކާރުން ލަފާކުރިއެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުން ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ވެސް ތެލުގެ އަގު އުފުލޭނެއެވެ. މިއަހަރުގެ މިހާތަނަށް ތިން ފަހަރު ތެލުގެ އަގު ވަނީ އުފުލިފައެވެ.

މި ވަގުތު އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 12.98ރ. އަށެވެ. އަދި ޑީސަލް ލީޓަރެއް 13.04ރ. އަށެވެ.

ދުނިޔޭގެ ބާޒާރުގައި މިއަހަރު ތެލުގެ އަގު އުފުލިފައިވަނީ ފާއިތުވި ހަތް އަހަރު ނުއުފުލޭ ވަރަކަށެވެ.