ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތަމްރީނާއި ތަޖުރިބާ ހޯދައިދިނުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ޔޫތު މިނިސްޓްރީ ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމުގެ ފުރުސަތުތަކަށް ހުޅުވާލައިފިއެވެ.

މި ޕްރޮގްރާމްގެ ދަށުން ވެމްކޯއިން އެކި ދާއިރާތަކަކުން ޒުވާނުން ތަމްރީނުކުރާނެއެވެ. މީގެ ތެރޭގައި އޮޓޮމޯޓިވް މެއިންޓަނަންސް މެކޭނިކް އާއި ސްޓޯ ކީޕާ އާއި، ކޭޝިއަރިން އަދި ވެލްޑިން ޓެކްނިކްސްގެ ދާއިރާ ހިމެނެއެވެ.

Ad
rt

ވެމްކޯއިން ބުނި ގޮތުގައި މި ފުރުސަތުގެ ދަށުން ޒުވާނުންނަށް ޖުމްލަ 16 ފުރުސަތެއް ހުޅުވާލާނެއެވެ.

މި ފުރުސަތުގެ ދަށުން ފޯމު ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމުގެ ބައިވެރިންނަށް އެލަވަންސެއްގެ ގޮތުގައި މަހަކު 5000 ރުފިޔާ ދޭނެއެވެ.
.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅާނީ https://forms.gle/vkM2NHGbgjcx8pwF6 މި ލިންކު މެދުވެރިކޮށެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަހެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރާ ބައިވެރިންނަށް ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ.