ދިވެހިންގެ މެދުގައި މިހާރު މަގުބޫލުކަން ހޯދަމުން އަންނަ ބަސްބުރީގެ މިއަދުގެ ބަސް ދިމާކޮށްގެން ހަދިޔާއެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވާލައިފިއެވެ.
އެގޮތުން އުރީދޫން އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ބަސްބުރި ޓީޝާޓެކެވެ.
އެ ކުންފުނިން މި ހަދިޔާ ހުށަހެޅީ މިއަދަކީ މާދަރީ ބަހުގެ ދުވަސް ކަމަށްވުމުންނެވެ. އެގޮތުން، ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަށް basburi.com ފަދަ ސުމޭކީ މަންސަަތައް އެހީތެރިވެދޭ ކަމަށް އުރީދޫން ބުންޏެވެ.
މިއަދުގެ ބަސް ދިމާކޮށްގެން ޕޯސްޓް ޝެއާކުރާއިރު #މާދަރީބަހުގެދުވަސް2022 ހޭޝްޓެގް ބޭނުންކޮށް އުރީދޫ ޓެގް ކުރަން ޖެހޭނެއެވެ.
ބަސްބުރިއަކީ ބައިނަލްއަގުވާމީ ބަހުގެ ގޭމެއް ކަމަށްވާ ވޯޑަލް ފަދަ އެއްޗެކެވެ. ކޮންމެ ދުވަހަކު އާ ބަހެއް ދިމާ ކުރަން ޖެހޭއިރު ގިނަ ބަޔަކު މި ގޭމަށް ޝައުގުވެރިވެއެވެ.
ބަހަވީ ސިންދަފާތު ރައްކާތެރިކުރުމަށް https://t.co/BW0PATWWkb ފަދަ ސުމޭކީ މަންސަަތައް އެހީތެރިވެދޭ
✨މިއަދުގެ ބަސްބުރި/ބަސްބުރި ކްލެސިކް ދިމާާކޮށް، ޝެއާާކޮށްގެން ބަަަސްބުރި ޓީޝާާޓެއް ލިބުމުގެ ފުުރުސަތު
ޕޯސްޓް ޝެއާކުރާއިރު #މާދަރީބަހުގެދުވަސް2022 ބޭނުންކޮށް އުރީދޫ ޓެގް ކުރައްވާ pic.twitter.com/I1IHig79If
— Ooredoo Maldives (@OoredooMaldives) February 21, 2022
މާދަރީ ބަހުގެ ދުވަސް ފާހަގަ ކުރަނީ ދިވެހި ތާރީހާއި ތަރިކަ ދިރުވައި އާލާކޮށް ދިވެހި ބަހަށް އޮތް ލޯބި އާ ޖީލުތަކުގައި އަށަގެނުވުމަށެވެ. އެގޮތުން ސްކޫލްތަކުގައާއި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުން ވެސް މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!