އުރީދޫގެ އެމްފައިސާ މެދުވެރިކޮށް ވައިބަރ އިން ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ.
މި ހިދުމަތް ތައާރަފު ކޮށްދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު ހަސަން އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމެވެ. މި ރަސްމިއްޔާތުގައި ވައިބާރގެ ސީނިއާ ޑިރެކްޓަރު ޑީވިޑް ސޫ ވެސް ވާޗުއަލްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ.
އުރީދޫން ބުނި ގޮތުގައި އެ ކުންފުނިން މި ހިދުމަތް ތައާރަފުކުރީ ވަކިވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކަންމަތީ ފިހާރަތަކަށް އިތުބާރާއި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ ގޮތް ހަދައި ދިނުމުގެ ބޭނުމުގައި ކަމަށެވެ.
ވައިބަ މެދުވެރިކޮށް، އެމްފައިސާގެ ސިލްވާ ނުވަތަ ގޯލްޑް ވޮލެޓު ގެންގުޅޭ ކަސްޓަމަރުންގެ ތެރެއިން ފައިސާ ފޮނުވާ ފުރަތަމަ 1000 ކަސްޓަމަރުންނަށް ހާއްސަ އޮފާއެއް އުރީދޫން ވަނީ ހުޅުވާލައިފައެވެ. މި އޮފާގެ ދަށުން އެމްފައިސާ ވޮލެޓަށް 25ރ. ގެ ކޭޝްބެކެއް ލިބޭނެއެވެ. މި އޮފާ ލިބޭނީ މި މަހުގެ ތެރޭގައި އެންމެ މަދުވެގެން 500ރ. ކޭޝް އިން ކުރާ ކަސްޓަމަރުންނަށެވެ.
އުރީދޫން ބުނީ ވައިބާއަކީ ދިވެހިންގެ ތެރޭގައި ގައި ވަރަށް ގިނައިން ބޭނުންކުރާ މަގުބޫލު މެސެޖިން ޕްލެޓްފޯމަކަށްވެފައި މި ޕްލެޓްފޯމް މެދުވެރިކޮށް ރައްޓެހިންނާއި އާއިލާ އާއި ގުޅުވާލަދިނުމުގެ އިތުރުން ބިލް ފައިސާ ދައްކާ ސްލިޕްތައް ވިޔަފާރިތަކާއި ކަސްޓަމަރުން ހިއްސާކުރާ ހިއްސަކުރުމަށް ބޭނުން ކުރާ ކަމަށެވެ. މިއާއެކު ސްކޭމް ތަކާއި ޓްރާންސެކްޝަން ސްލިޕްތައް ފޯޖް ކުރުންވެސް އިތުރުވެފައިވާ ކަމަށާއި އެހެންވެ، މި ހިދުމަތާއެކު ކަސްޓަމަރުންގެ އެކައުންޓް ތަފްސީލް ފަދަ މުހިންމު މައުލޫމާތް ހިއްސާ ނުކޮށް،އިތުބާރާއެކު ފައިސާގެ މުއާމަލާއި ފަަހިވެގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Pleased to announce our partnership with @rakuten to enable money transfer via #mFaisaa on the world’s leading messaging platform @Viber.#DigitalMaldives pic.twitter.com/BG3iQcCXhM
— Ooredoo Maldives (@OoredooMaldives) February 17, 2022
ވައިބާ މެދުވެރިކޮށް އެމްފައިސާއިން ކާމިޔާބުކަމާއެކު ޓްރާންސްފާއެއް ހެދުމުން، އޮޓޯއިން، ފޮނުވާ ފަރާތުގެ އިތުރުން ފައިސާ ލިބޭ ފަރާތައްވެސް ވަގުތުން ކޮންފަމޭޝަަން މެސެޖެއް ލިބި ޓްރާންސެކްޝަން ރިސިޕްޓްތައް އޮޅުވާލުމުގެ ފުރުސަަތު ނައްތާލުމަށް އެހީތެރިވެދޭނެއެވެ. އެއް ޕްލެޓްފޯމެއްގެ ތެރެއިން ފަައިސާ ފޮނުވާަ މުއާމަލާތް ކުރުމުގެ ފަސޭހަ ކަސްޓަމަރުންނަަށް ފޯރުކޮށްދިނުމުގެ އިތުރުން، ޑިޖިޓަަލް ފައިނޭޝަލް ޕްލެޓްފޯމްތަކަށް ކަސްޓަަމަރުން އަހުލުވެރިކުރުވުމަަށްވެސް މި ޙިދުމަތުން ބާރުއެޅޭކަަންވެސް އެކުންފުނިން ފާހަގަކުރެއެވެ.
ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވަން ބޭނުންވާ ކަސްޓަމަރުންނަށް ވައިބާ ހުޅުވާލުމަށްފަހު ޖިފް+ ބައި ހުޅުވައި އެމްފައިސާ ހިޔާރު ކުރެވޭނެ އެވެ. އެއަށްފަހު އެމްފައިސާ އެކައުންޓަށް ލޮގންވެ ފައިސާ ފޮނުވަން ސެލެކްޓް ކޮށް ފައިސާ ފޮނުވަން ބޭނުންވާ މީހާގެ ނަންބަރާއި ފައިސާގެ އަދަދު ޖަހައި "ޝެއާ ރިސީޓް" ސެލެކްޓް ކުރުމުން ފައިސާ ފޮނުވޭނެއެވެ.
ވައިބަރގައި އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވުމަށް:
- ވައިބަރ ޗެޓް ހުޅުވާލާށެވެ.
- ޖިފް+ ހުޅުވާލުމަށް ފަަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.
- "SEND MONEY" ހިޔާރުކުރަައްވާށެވެ.
- އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖަަައްސަަވާާށެވެ.
- ފަައިސާާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަަދަަދު ޖަައްސަަވުމަށްފަަހު ޔަަގީންކުރައްވާށެވެ
- "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަރ މެދުވެރިކޮށްްް ކޮންްްފަަަރމެޝަން މެސެޖް ލިބިވަަޑަައިގަަންނަަވާާނެއެވެ.
އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އަށް ރެޖިސްޓަރ ވެ، ޔޫޓިލިޓީ ބިލް ދެއްކުމާއި، އެޕް އަދި ވައިބަރ މެދުވެރިކޮށް ފައިސާ ޓްރާންސްފަރ ކުރުމުގެ އިތުރުން، މަރޗަންޓުންނަށް ފައިސާ ދައްކާލެވޭނެއެވެ. އެމް ފައިސާ ޑިޖިޓަލް ވޮލެޓްއަށް ބީ.އެމް.އެލް، އެސް.ބީ.އައި އަދި އެމް.އައި.ބީ އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ފައިސާ ޖަމާކުރެއްވޭނެއެވެ. އެމް-ފައިސާ އަަށް ރެޖިސްޓަރ ވުމަށް އުރީދޫ އެޕް http://ore.do/app ޑައުންލޯޑްކުރައްވާށެވެ.
މި ޙިދުމަަތްތަައްް ލިބިގަަތުމަަށް ހުރިހާ ނެޓްވޯކެއްގެ ކަަސްޓަމަރުންނަށްވެސް އުރީދޫ އިން މަރުހަަބާާ ކިޔާކަމަށް އެކުންފުނިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!