އިނގިރޭސިވިލާތުގައި ފެތުރެމުން އަންނަ އާ ވޭރިއަންޓަކީ ޑެލްޓާ އާއި އޮމިކްރޯން އެއްވެގެން އުފެދުނު ވޭރިއަންޓެއް ކަމަށް އެ ގައުމުގެ ސައިންސްވެރިން ބުނެފިއެވެ.
މި ވޭރިއަންޓަށް ދީފައިވާ ނަމަކީވެސް ޑެލްޓަރކްރޯން އެވެ. އެއީ މި ވޭރިއަންޓަކީ ޑެލްޓާހާ ނުރައްކާތެރި އަދި އޮމިކްރޯންހާ ހަލުވި ކަމާއެކު ފެތުރޭ ވޭރިއަންޓަކަށްވާތީއެވެ.
ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މި ވޭރިއަންޓް އުފެދުނީ ޑެލްޓާ އާއި އޮމިކްރޯން އެއްފަހަރާ އެކަކަށް ޖެހުމުންނެވެ. މި ވޭރިއަންޓް ފެނިފައިވަނީ އިނގިރޭސިވިލާތުންނެވެ.
މި ވޭރިއަންޓަކީ ނުރައްކާތެރި ވޭރިއަންޓެއްގެ ގޮތުގައި ޔޫކޭ އޮފިޝަލުން މިހާރު ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް މިއީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އަދި އެއްވެސް ބަޔަކު ނުނިންމައެވެ.
އިނގިރޭސިވިލާތުގައި ކޯވިޑް އޮތް ނަމަވެސް ކޭސްތައް ފެންނަވަރު ވަނީ 76 އިންސައްތައަށް ދަށްވެފައެވެ. އެ ގައުމުން ވަނީ ކޯވިޑާ ގުޅިގެން އެޅި ގިނަ ފިޔަވަޅުތަކަށް ލުއިވެސް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!