ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ގޮސް ކަރަންޓީން ވާން ނުޖެހޭނެ

cochin airport

އަންނަ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށް ދަތުރުކުރާ މީހުން ކަރަންޓީނުވާން ނުޖެހޭ ގޮތް ހަދައިިފިއެވެ.

ކޯވިޑް-19ގެ އާ ވޭރިއަންޓް، އޮމިކްރޯން ފެތުރޭތީ އިންޑިއާއިން ފިޔަވަޅުތައް ހަރުކަށި ކުރޮތާ މަހެއް ވެއްޖެއެވެ. މި ފިޔަވަޅުތަކަށް ލުއި ދިނީ މިހާރު އެ ގައުމުގައި ކޯވިޑްގެ ހާލަތު ރަނގަޅުވެފައިވާތީއެވެ.

މި ގެނައި ބަދަލާއެކު ހޯމަ ދުވަހުން ފެށިގެން އިންޑިއާއަށްދާ މީހުން ކަރަންޓީނު ވާން ނުޖެހޭއިރު އެ ގައުމަށް އެތެރެވާ އިރު، އެއާޕޯޓުން ހަދަންޖެހޭ ޕީސީއާރު ޓެސްޓުވެސް ހަދާކަށް ނުޖެހޭނެއެވެ.

މި ބަދަލު ގެނައި ނަމަވެސް އެ ގައުމަށް އެެތެރެވާ މީހުންގެ ތެރެއިން ދެ އިންސައްތަ މީހުންގެ ރޭންޑަމް ސާމްޕަލް ނަގާން ވަނީ ނިންނާފައެވެ. ސާމްޕަލް ނެގި ނަމަވެސް ނަތީޖާ ނުލިބުނަސް އެމީހުނަށް ބޭރަށް ނުކުމެ އުޅެވޭނެއެވެ.

އިންޑިއާއިން އަމަލުކުރަން ފަށާފައިވާ އާ އުސޫލުގެ ދަށުން އިންޑިއާއަށް އެތެރެވުމަށް ފަހު ކަރަންޓީނުވުމުގެ ބަދަލުގައި، އެ ގައުމަށް ދިއުމަށްފަހު 14 ދުވަހުގެ މުއްދަތަކަށް އެ މީހެއްގެ ހާލަތު އަމިއްލައަށް މޮނީޓާ ކުރަން ޖެހޭނެއެވެ. އަދި މިހާރުވެސް އަމަލުކުރަމުން ދާ އުސޫލާ އެއްގޮތަށް ސެލްފް ޑިކްލަރޭޝަން ފޯމު ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެއެެވެ.

މީގެ އިތުރުން ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން، ވެކްސިން ކާޑު އަދި ވެކްސިން ފުރިހަމަ ނުކުރާ މީހުން 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓުގެ ނަތީޖާވެސް ހުށަހަޅަން ޖެހޭނެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި