ސްޕޭސް އެކްސް ޕްރޮގްރާމާއެކު ދުނިޔޭގެ އެންމެ މުއްސަނދި މީހާއަށް ހަދައި އީލޯން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވާނެ ކަމަށް ލަފާ ކޮށްފިއެވެ.
މިހެން ލަފާ ކޮށްފައިވަނީ އެމެރިކާގެ މޯގަން ސްޓޭންލީސް އޮޓޯ އެންޑް ސްޕޭސް ރިސާޗް ހެޑް އެޑަމް ޖޯނަސް ނެރެފައިވާ ލިޔުމެއްގައެވެ.
އީލޯން މަސްކަކީ އެތަކެއް ކުންފުނިތަކެއްގެ ފައުންޑާ ވެސްމެެ އެވެ. އޭގެ ތެރޭގައި ސްޕޭސްއެކްސް، ދަ ބޯރިން، ހައިޕަލޫޕް އަދި އޯޕަންއޭއައި ހިމެނެ އެވެ.
އޭނާ ބުނެފައިވާގޮތުގައި މިހާރު 100 ބިލިއަން ރުފިޔާގެ ސްޕޭސް އެކްސްގެ އަގު 200 ބިލިއަނަށް އަރާނެ ކަމަށެވެ. އެއީ އެ ޕްރޮގްރާމުގެ ތެރޭގައި ގިނަ އަދަދެއްގެ ވިޔަފާރިތަކެއް ހިމެނޭތީ ކަމަށް އޭނާ ބުންޏެވެ.
އެޑަމް ލަފާ ކުރާ ގޮތުގައި ސްޕޭސްއެކްސްއިން އާމްދަނީ ލިބޭނީ އާތު އޮބްޒަވޭޝަނާއި ސްޕޭސް ޓޫރިޒަމާއި ޑީޕް ސްޕޭސް އެކްސްޕްލޮރޭޝަން ފަދަ ދާއިރާތަކުންނެވެ. ނަމަވެސް އެންމެ ބޮޑު އާމްދަނީއެއް ލިބޭނީ ސްޓާލިންކުން ކަމަށް އޭނާ ލަފާ ކުރެއެވެ. ސްޓާ ލިންކަކީ ސެޓްލައިޓް ބޭނުންކޮށްގެން މުޅި ދުނިޔެއަށް ދޫ ކުރާ އިންޓަނެޓް ހިދުމަތެވެ.
ސްޕޭސް އެކްސްއަކީ ޖައްވީ އުޅަނދުތައް ހަދައި މާސްގައި މީހުން ދިރިއުޅޭ ގޮތް ހޯދުމަށް 2002 ވަނަ އަހަރު ފެށި ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ވަނީ ބޮޑު ކާމިޔާބީއެއް މިހާތަނަށް ވެސް ލިބިފައެވެ.
ފޯރބްސްގެ ރޭންކިން އިން ދައްކާ ގޮތުގައި މިވަގުތު ޓެސްލާގެ ވެރިޔާ އީލޯން މަސްކުގެ މިލްކިއްޔާތަކީ 238 ބިލިއަން ޑޮލަރެވެ. އޭނާ އަކީ މިހާރުވެސް ދުނިޔޭގައި ހުރި އެންމެ މުއްސަނދި މީހާއެވެ.
ދެވަނައަށް އެންމެ މުއްސަނދީ ބާރނާރޑް އާރނާރޓް އާއި އޭނާގެ އާއިލާ އެވެ. ދެ އެއަށް ފަހު އެމެޒޯންގެ ވެރިޔާ ޖެފް ބޭޒޯސްއެވެ. އޭނާގެ މިލްކިއްޔާތުގައި ހުރީ 179 ބިލިއަން ޑޮލަރެވެ.
ތިންވަނަައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ މައިކްރޮސޮފްޓްގެ ވެރިޔާ ބިލްގޭޓްސަގެ މިލްކިއްޔާތުގައި ހުރީ 130 ބިލިއަން ޑޮލަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!