މުޅި ރާއްޖެއަށް ހުޅުވައިގެން ކުރިއަށްގެންދާ "ގޯލްޑަން ފުޓްސަލް ޗެލެންޖް"ގެ ޕްލެޓިނަމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.
މި އެއްބަސްވުމުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒެވެ. އަދި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ރައީސް ރިލްވާން މޫސާއެވެ.
މި މުބާރާތުގައި 91 ޓީމެއް ބައިވެރިވާއިރު 177 މެޗު ކުޅުމަށް ހަމަޖެހިފައިވެއެވެ. މި މުބާރާތް ތާވަލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ.
މުބާރާތުގެ މެޗުތައް ކުޅޭނީ ހުޅުމާލެ ޓާފް ދަނޑުގައެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއާޝަނުން 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މި މުބާރާތުގައި މާލެ އާއި ފުވައްމުލައް ނޫން އެހެން ހުރިހާ ރަށަކުން އެއް ޓީމަށް ބައިވެރިވެއެވެ. މާލެ އާއި ފުވައްމުލަކުގެ ކޮންމެ އަވަށަކުން ޓީމަކަށް ބައިވެރިވުމުގެ ފުރުސަތު ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!