ރަށްތަކަށް ފޮނުވަން ނިންމާފައިވާ އެމްބިއުލާންސްތަކުގެ ތެރެއިން އިތުރު 15 އެމްބިއުލާންސް އެސްޓީއޯއިން މިއަދު ރާއްޖެ ގެނެސްފިއެވެ.
އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރިން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.
އެސްޓިއޯއިން ބުނީ އެމްބިއުލާންސްތައް މިހާރު މާލެ ގެނެސްފައިވާއިރު ވަރަށް އަވަހަށް ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
މިއީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ. މީގެ ކުރިން ދެ ބުރެއްގައި 40 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!