ހެންވޭރުގެ ބައެއް ސަރަހައްދުތަކުން މިއަދު ހަވީރު ގަޑިއިރަކަށް ކަރަންޓު ކެނޑޭނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ، ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހެންވޭރުން އަމީރު އަހުމަދު މަގާއި ހިތްފަސޭހަ ގޯޅި އަދި ބޮޑުތަކުރުފާނު މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކަނޑާލަން ނިންމާފައިވާ ކަމަށެވެ. ކަރަންޓު ކަނޑާލާނީ ހަވީރު 4:00 އިން 5:00 އަށެވެ.

Ad
rt

ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯ އިން ވަނީ މާފަށް އެދިފައެވެ.

މީގެ އިތުރުން ވީހާ ވެސް އަވަހަކަށް މި މަސައްކަތް ނިންމައި ކަރަންޓު އަނބުރާ ދޭން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.