ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލި މަނިކު މޫކޭ ހަމަޖައްސައިފި އެވެ.

ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މޫސާ އަލި މަނިކު ހަމަޖައްސާފައިވާ ކަމަށެވެ.

Ad
rt

މޫސާ އަލި މަނިކު ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީއެއްގައި ވާދަ ކޮށްފަ އެވެ. ޕްރައިމަރީގައި އޭނާ ވަނީ ބަލިވެފައިވީނަމަވެސް އެމްޑީޕީގެ ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާ ކުރެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާ ހަވާލުވުމަށް ފަހު ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި މަގުތައްހަދައި ބަލަހައްޓަން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފައްދަފައިވަނީ މިދިޔަ ޖޫން މަހުގެ ތެރޭގައެވެ.