ކޮމަންޑޫ ދާއިރާގައި ހިނގަމުންދާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ އަންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އިން ދައްކާނެކަމަށް އެ ޕާޓީގެ އެއް ނައިބު ރައީސް، އަދި ޕީޖީ ލީޑަރު، ތިމަރަފުށީ ދާއިރާގެ މެންބަރު ޢަބުދުﷲ ރިޔާޟް ވިދާޅުވެއްޖެއެވެ.
ރިޔާޟް މިހެން ވިދާޅުވީ، "ކޮމަންޑޫ ދާއިރާގެ މަޝްރޫޢުތައް ހިންގޭނީ އެމްޑީޕީ ކެންޑިޑޭޓު ހޮވައިގެން: ރައީސް " މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ސާޢިއުކޮށްފައިވާ ޚަބަރެއް ޓްވީޓާގައި ހިއްސާކުރަށްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރިޔާޟް ވިދާޅުވީ، ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގަވެސް މަޝްރޫއުތައް ހިންގާނެކަމަށް މީގެކުރިން ރައީސް ވިދާޅުވެފަވާކަމަށެވެ. އަދި ކޮންމެމީހަކު އިންތިހާބު ކުރިނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ ކަަމާށެވެ.
"އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ 2023 ރިޔާސީ އިންތިޚާބުގައި ރައްޔިތުން އެމްޑީޕީއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ!" ރިޔާޟް ވިދާޅުވެފަވެއެވެ.
މީގެކުރިން ރައީސް ވިދާޅުވެފަވަނީ ތަފާތު ކުރުމެއްނެތި ހުރިހާ ރަށެއްގަވެސް މަޝްރޫއުތައް ހިންގާނެކަމަށް! ކޮންމެމީހަކު އިންތިހާބު ކުރިނަމަވެސް ޕްރޮޖެކްޓްތައް ކުރިޔަށްދާނެ. އެއްވެސް ޕްރޮޖެކްޓެއް ހުއްޓައިފިނަމަ 2023 ރިޔާސީ އިންތިޚާބުގަ ރައްޔިތުން MDPއަށް ބޮޑުތަނުން ނޫނެކޭ ބުނާނެ! https://t.co/veSo7poyfA
— Abdulla Riyaz MP (@riyazabdulla) February 4, 2022
ކޮމަންޑޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަން އިންތިޚާބުގެ ވަގުތު ކުޑަތަން ވެފައިވާއިރު މުޅި އެ ދާއިރާވަނީ ރީނދޫ، ފިޔާތޮށި އަދި ނޫކުލައިން ޖަރީވެފައެވެ.
އެ ދާއިރާގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށްދާއިރު، ކެމްޕެއިން ކުރުމުގެ ސުންގަޑި މިއަދު 18:00 އަށް ހަމަވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!