ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ވީއައިއޭއިން މަސްތުވާތަކެއްޗާއެކު ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ އަކީ އަތޮޅު ތެރެއަށް ފުރުމަށް ގޮސް ހުރި މީހެކެވެ. އޭނާ ހައްޔަރު ކުރީ މިއަދު ހަވީރު ޑޮމެސްޓިކް ޓާމިނަލުންނެވެ.
މި މައްސަލަ ތަހުގީގުކުރަށްވަމުން ގެންދަވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގަވާ އޮޕަރޭޝަންތައް ފަހަކަށް އައިސް ވަަރަށް ފުޅާކޮށްފައިވާއިރު، މަސްތުވާތަކެތީގެ ގިނަ މައްސަލަތަކުގައި ތަކެއްޗާއި އެކު މީހުން ދަނީ ހައްޔަރު ކުރަމުންނެވެ. މީގެތެރޭގައި މަސްތުވާތަކެތީގެ ވަރަށް ބޮޑެތި މައްސަލަތައް ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!