އުރީދޫ މޯލްޑިވްސްއިން، ޖެންޑާ މިނިސްޓްރީއަށް ޓެބްލެޓް ހަދިޔާކޮށްފިއެވެ.
މިއަދު ޖެންޑާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަައި އުރީދޫ އިން އެ މިނިސްޓްރީއަށް ހަދިޔާ ކުރީ 10 ޓެބްލެޓެވެ.
މިނިސްޓްރީގެ ފަރާތުން ޓެބްލެޓްތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު އާއިޝަތު މުހައްމަދުދީދީ އެވެ. އުރީދޫފެ ފަރާތުން މިނިސްޓްރީއާ ޓެބްލެޓްތައް ހަވާލުކޮށްދެއްވީ، ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒްއެވެ.
ޖެންޑާ އިން ވަނީ އުރީދޫއިން ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާކުރައްވައިފައެވެ.
އުރީދޫ މޯލްޑިވްސްގެ ފަރާތުން ހަދިޔާކުރި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދީންނަށް ކަމަށް ޖެންޑާ މިނިސްޓްރީން ބުނެއެވެ.
މިވަގުތު ދައުލަތުގެ ބެލުމުގެ ދަށުގައި 194 ކުދިން ބަލަހައްޓަމުން ދެއެވެ.
އުރީދޫ މޯލްޑިވްސްއިން ޖެންޑަރ މިނިސްޓްރީއަށް ޓެބްލެޓްތަކެއް ހަދިޔާކޮށްފި. ޓެބްލެޓްތަކާއި ހަވާލުވެލެއްވީ މިނިސްޓަރ @aishamdidi
އުރީދޫގެ ފަރާތުން ޓެބްލެޓް ހަވާލުކޮށްދެއްވީ، ސީސީއޯ ހުސެއިން ނިޔާޒް. މި ޓެބްލެޓްތައް ބޭނުން ކުރާނީ ދައުލަތުގެ ބެލުމުގައި ދަށުގައި ތިބި ކިޔަވާ ކުދިން pic.twitter.com/526UiAFwJq— Ministry of Gender, Family and Social Services (@MoGFSSmv) January 31, 2022
އުރިދޫއަކީ ރާއްޖޭގެ އިޖުތިމާއީ ކަންކަމުގައި ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށް ދެމުން ވެސް އަންނަ ކުންފުންޏެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!