ލ. ފޮނަދޫ މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް ދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މިހާރު ކުރަނީ ފެންހިންދާ ނިޒާމް ގާއިމުކުރުމުގެ މަސައްކަތެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 27،179 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކުރުމާއި 10،392 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 53.99 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފޮނަދޫ މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރީ އެމްޓީސީސީންނެވެ. އެ ފިޔަވަހީގެ މަސައްކަތުގެ ދަށުން ރަށުގެ 13 މަގެއް ތާރު އަޅައިގެން ވަނީ ތަރައްގީކޮށްފައެވެ.