ހއ. ބާރަށު ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ވިޝްވަރާޖް އެންވަޔަރަމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ އަހަރުގެ މާޗު މަހުއެވެ.
މި މަސައްކަތަކީ އިންޑިއާގެ އެގްޒިމް ބޭންކުގެ ދަށުން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހަވާލު ކުރި މަސައްކަތެކެވެ. މި މަސައްކަތް ވިޝްވަރާޖް ކުންފުންޏާ ހަވާލު ކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ.
މި މަސައްކަތް ނިންމަން އެއްބަސްވެފައިވަނީ 20 މަސް ދުވަހުގެ ތެރޭގައެވެ.
ޕްލޭނިން މިނިސްޓްރީން ވަނީ ބާރަށާއެކު 34 ރަށެއްގެ ފެނާއި ނަރުދަމާގެ މަސައްކަތް މި ފެސިލިޓީގެ ދަށުން އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ތިލަދުންމަތީގެ ހަ ރަށެއް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!