ވެމްކޯ ކޯލްސެންޓަރުން ހިދުމަތްދޭ ވަގުތުތައް ބަދަލުކޮށްފިއެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ކޯލްސެންޓަރުން ހިދުނަތް ދޭނީ ކޮންމެ ދުވަހަކު ހެނދުނު 9ން ހަވީރު 5އަށް ކަމަށެވެ. އަދި ހުކުރު ދުވަހު ހިދުމަތް ދޭނީ މެންދުރު 2ން ހަވީރު 5 އަށެވެ.
ވެމްކޯގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދިނުމަށް އެ ކުންފުނިން ވަނީ ހޮޓްލައިން 1666 ތައާރަފު ކޮށްފައެވެ.
ކުނި ނުނަގާ ހުރި ނަމަ ކޯލް ސެންޓަރު ބަންދު ކޮށްފައި ހުންނަ ވަގުތު ވައިބާ 7998047 މެދުވެރިކޮށް ނުވަތަ ވެމްކޯގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެއެވެ.
ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް ވެސް ވެމްކޯއަށް ސުވާލު ހުށަހެޅޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!