އަންނަ މަހު 5 ވަނަ ދުވަހު އޮންނަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި އެ ދާއިރާއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ) ބޮޑު ތަފާތަކުން ގޮނޑި ކާމިޔާބު ކުރާނެކަމަށް، ތަރައްގީ ކުރިއަށް އޮތީ ރާޝިދު އިންތިޚާބު ކުރެވިގެން ކަމަށް އޭނާގެ ސަޕޯޓަރުން ބުނެފިއެވެ.
މި ނޫހާއި ވާހަކަ ދައްކަމުން ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ބައެއް ސަޕޯޓަރުން ބުނީ މިހާތަނަށް ރާޝިދުގެ ކެމްޕޭން ވަރަށް ފޯރީގައި ކުރިއަށް ގޮސް، ދާއިރާގެ ރައްޔިތުން އުޅޭ ހުރިހާ ގޭ ބިސީއަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައިވާ ކަމަށެވެ.
Rayyithunge Majlis #KomandooDhaairaa by-election MDP Candidate @Rashid141221 ge Campaign D2D Hulhumale ga kuriah dhanee #VoteRashid#Agenda19 pic.twitter.com/vTNGSbnaLL
— MDP Secretariat (@MDPSecretariat) January 26, 2022
ރާޝިދުގެ ކެމްޕޭންގައި ފޯކައިދޫގައި ހަރަކާތްތެރިވާ ފަރާތެއް ބުނިގޮތުގައި، ދާއިރާގެ ވޯޓުލާ މުޅި އާބާދީގެ ވޯޓު ނިންމާގޮތް މިހާރު ވަނީ ދެނެގަނެފައެވެ. އެއި ދޮރުން ދޮރަށް ހިނގައިގެން ދިމާނުވި މީހުންނާއި، ފޯނުން ގުޅައި، އެމީހުންގެ ވިސްނުންހުރި ގޮތް ވަޒަންކޮށްފައިވާނެ ކަމަށް އޭނާ ބުންޏެވެ.
"މިއީ ރާއްޖޭގެ ކޮންމެތާކުން، ބޭނުން މީހަކަށް ވޯޓު ދެވޭހެން ނަގާ ޕޯލެއްނޫން، މިއީ ކެމްޕޭންތަކުގައި އެމްޑީޕީން، އަހަރެމެން އަބަދުވެސް ޖަހާ ހިސާބު، މިހާތަނަށް އެއްކުރި މައުލޫމާތުން 63 އިންސައްތަ ވޯޓުން އިރާދަކުރެއްވިއްޔާ ރާޝިދު އިންނާނީ ގޮނޑީގައި" ވަރަށް ޔަގީން ކަމާއެކު އޭނާ ބުންޏެވެ.
ރައްޔިތުން މަޖިލިސް ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އެމްޑީޕީ ކެންޑިޑޭޓް @Rashid141221 ގެ ކެންޕެއިން ޕޯސްޓަރ ހަރުކުރުމުގެ ހަރަކާތް ފޯކައިދޫގައި ކުރިއަށްދަނީ #VoteRashid#Agenda19 pic.twitter.com/QSkM4Myhcr
— MDP Secretariat (@MDPSecretariat) January 13, 2022
ދާއިރާގެ ތިން ރަށުގެ ރާޝިދުގެ ސަޕޯޓަރުން ގޮނޑި ކަށަވަރުކުރަނީ އެމީހުން ހޯދި މައުލޫމާތުގެ އަލީގައި ކަމަށް އެ މީހުންބުންޏެވެ. އަދި ދާއިރާއަށް ފަތުއަޑުކިޔާފައި އަންނަމުންދާ ތަރައްގީގެ މަޝްރޫޢުތައް ފުރިހަމަ ކުރެވޭނީ، ރާޝިދު ހޮވައިގެން ކަމަށް ވެސް އެމީހުން ބުންޏެވެ.
"ކާކުތޯ އެދޭނީ ދެ ކޮމަންޑޫ ގުޅުވުމުގެ މަޝްރޫޢުއަށް ހުރަސްއަޅާނެ މީހަކަށް ވޯޓުދޭން، މި ރަށްރަށުގެ ބިން ހިއްކުމާއި، ބަނދަރުތައް ހުއްޓުވަން މެދުވެރިވާނެ މީހަކަށް ވޯޓުދޭން" ކޮމަންޑޫ ވާހަކަ ދެއްކި ރާޝިދުގެ ސަޕޯޓަރަކު ބުންޏެވެ.
Rayyithunge Majlis #KomandooDhaairaa by-election MDP Candidate @Rashid141221 ge Campaign ga miadhu Komandoo gai kuriah dhiya D2D ge therein#VoteRashid#Agenda19 pic.twitter.com/p6xbXgn81R
— MDP Secretariat (@MDPSecretariat) January 16, 2022
ރާޝިދުގެ އެހެން ސަޕޯޓަރަކު ބުނިގޮތުގައި ކުރީ ސަރުކާރުގެ ތަޖުރިބާ އަކީ އެ ދާއިރާއަށް "ހިތި ބޭހެކެވެ." އެ ބޭސް ބޯން ބޭނުންނުވާކަމަށާއި، އޭރު ދާއިރާ ނުފެނު ބަޔަކަށް ދެން ދާއިރާ ފެނިގެން ޚިދުމަތް ކޮށްފާނެކަމަށް ދުށުމީ މޮޔަ ވިސްނުމެއްކަމަށް އޭނާ ބުންޏެވެ.
ކެންޑިޑޭޓް ނަމްބަރު 1 ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އެވެ. އަދި ފޯކައިދޫ ކައުންސިލްގެ ކުރީގެ ނައިބު ރައީސެވެ. އޭނާ ނިސްބަތް ވަނީ ވެސް ފޯކައިދޫއަށެވެ. ކޮމަންޑޫ ދާއިރާގައި ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް އެއްވާމެއްގައި ނިންމުމަށް ރާޝިދު އިންތިޚާބު ކުރަންޖެހޭ ކަމަށް ވެސް އޭނާގެ ސަޕޯޓަރުން ދަނީ ބުނަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!