މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ރިސޯޓު ހަދަން ސަރުކާރުން ހުޅުވާލި ރަށްތަކުގެ އެންމެ ދަށް އަގާއެކު ބިޑް ޑޮކިއުމަންޓް އާއްމުކޮށްފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިދިޔަ އަހަރު 18 ރަށެއް ފަތުރުވެރިކަމަށް ތަރައްގީ ކުރަން ހުޅުވާލާފައެވެ. ބިޑް ޑޮކިއުމަންޓުގައިވާ ގޮތުން މި 18 ރަށުގެ މަސައްކަތް ވެސް އެ ރަށްތަށް ލިބޭ ކުންފުނިތަކުން ތިން އަހަރު ތެރޭ ނިންމަން ޖެހޭނެއެވެ.
ފަތުރުވެރިކަމަށް ރަށްތައް ހުޅުވާލި ނަމަވެސް ފަހަކަށް އައިސް އިންވެސްޓަރުންގެ ތާއީދު ވަރަށަ ދަށެވެ. މިއީ ކޯވިޑާ ގުޅިގއން އަްި ބަދަލެކެވެ. އެހެންވެ ޓޫރިޒަމް މިނިސްޓްރީން ވަނީ ހުރިހާ ރަށެއްގެވެސް އަގު ދަށް ކޮށްފައެވެ.
މިދިޔަ އަހަރު ހުޅުވާލި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެއެވެ. ދެވަނައިގައި އޮތް ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހޭއިރު ތިިން ވަނައަށް އެންމެ ބޮޑު އަގެއް ދައްކަން ޖެހެނީ ށ. ކުޑަޅައިމެންދޫއަށެވެ. އެ ރަށުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި އެންމެ ދަށްވެގެން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ.
ބިޑަށް ހުޅުވައިލާ ރަށްތަކާއި އިކުއިޒިޝަން ކޯސްޓް:
ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ އާއި އިތުރު ރަށެއް - 9.26 ހެކްޓަރު (700،000 ޑޮލަރު)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!