ކ. ގާފަރު ފެނަށް ޖެހުމުން އާއްމުންނަށް ފެނުގެ ހިދުމަތް ދޭން ސްޓެލްކޯގެ ފެން ޕްލާންޓުތަކުން ފެން ދޫކުރަން ފަށައިފިއެވެ.

ސްޓެލްކޯއިން އެ ރަށުގައި ބަހައްޓާފައިވަނީ ވަނީ 15 ޓަނުގެ ދެ ފެން ޕްލާންޓެވެ. މި ފެން ޕްލާންޓުތަކުން އާއްމު ބޭނުންތަކަށް މިއަދުން ފެށިގެން ފެން ލިބޭނެއެވެ.

Ad
rt

ކޮންމެ އަހަރަކުވެސް ހޫނު މޫސުމުގައި ގާފަރު ފެނަށް ޖެހެއެވެ. އަދި ސަރުކާރުން ކޮންމެ އަހަރަކުވެސް އެ ރަށަށް ފެން ފޯރުކޮށްދެއެވެ. ނަމަވެސް ދެން މާލެއިން އެ ރަށަށް ފެން ފޯރުކޮށްދޭން ނުޖެހޭނެއެވެ.

ސްޓެލްކޯއިން ބުނީ އެ ރަށުގައި މިހާރު ހުރި ސިސްޓަމަކީ ގެތަކަށް ނެޓްވޯކް ގުޅާފައިވާ ސިސްޓަމެއް ނޫންކަމަށެވެ. އެހެންވެ ފެން ދޫ ކުރާނީ އުސޫލެއްގެ ދަށުން ކަމަށާއި އެގޮތުން، ފެން ދޫ ކުރާނީ ކޮންމެ މީހަކަށް 20 ލީޓަރު ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ފެން ޕްލާންޓުތަކުން ފެން ދޫ ކުރާނީ ފެން ޕްލާންޓުގެ ބޭރުގައި ހަރުކޮށްފައިވާ އިސްކުރަކުންނެވެ. މި ހިދުމަތް ކޮންމެ ދުވަހެއްގެ ހަވީރު 4:00ން 6:00 އަށްލިބޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.