މިހާތަނަށް ހަވަނައަށް އެންމެ ހޫނު ގަދަވީ މިދިޔަ އަހަރު ކަމަށް ނާސާގެ ރިޕޯޓުތަކުން ދައްކައިފިއެވެ.
ނޭޝަނަލް އޯޝޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އާ ގުޅިގެން ނާސާއިން ހެދި މި ދިރާސާއިން ދައްކާގޮތުގައި 20 ވަނަ ގަރުނުގެ އެވްރެޖަށްވުރެ 0.84 ޑިގްރީ ސެލްޝިއަސްއަށްވުރެ ހޫނުމިން މަތިވިއެވެ. އަދި ނާސާގެ އެވްރެޖް ބޭސްލައިނަށްވުރެ 0.85 ޑިގްރީ ސެލްޝިއަސްއަށް ވަނީ އިތުރުވެފައެވެ.
ނާސާއިން ބުނި ގޮތުގައި ދުނިޔޭގެ އިންޑަސްޓްރިއަލް ރިވޮލިއުޝަން ފެށުނުއިރަށްވުރެ މިދިޔަ އަހަރު ހޫނުމިން 1.1 ޑިގްރީ ސެލްޝިއަސްއަށް އިތުރުވިއެވެ.
ނާސާގެ އެޑްމިނިސްޓްރޭޓަރު ބިލް ނެލްސަން ބުނީ މިއިން ވެސް ދައްކުވައިދެނީ ދުނިޔެ ހޫނުވަމުން އަންނަ ކަން ކަމަށެވެެ. އަދި އެންމެ ހޫނު ގަދަ ދިހަ އަހަރު ތެރެއިން އަށް އަހަރު ފާއިތުވި 10 އަހަރު ތެރޭ އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
LIVE NOW: Climate researchers from NASA and @NOAA discuss the newest report on Earth's temperatures and major climate trends of 2021: https://t.co/z1RgZwQkWS pic.twitter.com/S9WevkeZEu
— NASA (@NASA) January 13, 2022
ދުނިޔެ ހޫނުވުމުގެ ސަބަބުން އެކި ގައުމުތަކަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. އެގޮތުން، އަލިފާން ރޯވުން ފަދަ ހާދިސާތައް ހިމެނެއެވެ.
އެގޮތުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ 400 އަށްވުރެއް ގިނަ ވެދަރ ސްޓޭޝަންތަކުން ހޫނުމިން އެހެން އަހަރުތަކާއި އަޅާބަލާއިރު މަތިވެ ރިކޯޑް މުގުރާލާފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ދުނިޔެ ހޫނުވުން ހުއްޓުވުމަށް ތިމާވެއްޓާ ރައްޓެހި ގޮތްތައް ހިޔާރުކުރަން ގިނަ ގައުމުތަކުންނާއި އެޖެންސީތަކުން ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!