މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ދުއްވާ ބަސްތަކުގެ މުވައްޒަފުންގެ ރަނގަޅު ވާހަކައާއި ހިތްހެޔޮ ވާހަކައަކީ ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑުތަކެކެވެ.
އިއްޔެ އަނެއްކާވެސް ސޯޝަލް މީޑިއާއިން މިފަދަ ހާދިސާއެއް މިވަނީ އާންމުފަރުދަކު މީސްމީޑިޔާގައި ހިއްސާކޮށްފަ އެވެ.
ބަހުގެ މުވައްޒަފަކު ހާއްސައެހީއަށް ބޭނުންވާ ކުއްޖަކު ބަހުން ބޭލުމުގައި އެހީވާ މަންޒަރު ފެންނަ ފޮޓޯތަކެއް ހިއްސާކުރަމުން އެމީހާ ބުނީ ބަހުގައި ދަތުރު ކުރާ ހާއްސައެހީއަށް ބޭނުންވާ ފަރާތްތަކާމެދު ބަހައްޓާ އޯގާތެރިކަން ވަރަށް ގާތުން ފެނި ތަޖުރިބާކުރެވިއްޖެ ކަމަށެވެ.
“މިއީ މިއަދު މުޖުތަމައުން ފެންނަން ބޭނުންވާ މަންޒަރުތައް”
އޭނާގެ އުދާސްތައް މީސްމީޑިޔާއަށް ބަންޑުންކޮށްލަމުން ބުންޏެވެ.
އޭނާ ވަނީ އެ ކުއްޖާ ބަހުން ބޭލުމުގައި އެހީތެރިވެ ދީފައިވާތީ އެކަމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކޮށްފައެވެ. މި ކަމުގައި އެމްޓީސީސީ ބަހުގެ މުވައްޒަފުގެ އިތުރުން އާއްމު ފަރުދުންތަކެއްވެސް ބައިވެރިވިއެވެ.
ބަހުގަ ދަތުރު ކުރައްވާ މިފަދަ ފަރާތްތަކާމެދު ބަހައްޓަވާ އޯގާތެރިކަން ވަރަށް ގާތުންފެނި ތަޖުރިބާ ކުރެވިއްޖެ. މީ މި މުޖަތަމައުން އަޅުގަނޑުމެން ދެކެން ބޭނުންވާ މަންޒަރަކީ. މި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވާ ހުރިހާ މުވައްޒަފުންނަށް ޝުކުރު ދަންނަވަން pic.twitter.com/ewfusWHBNG
— Aminath Ibrahim (@ainthRai) January 14, 2022
ދާދިފަހުން އެމްޓީސީސީ ބަހުގެ މުވައްޒަފުންގެ ހިތްހެޔޮ ކަމުގެ އިތުރު ވާހަކައެއްވެސް އާއްމުވިއެވެ.
ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން
އެގޮތުން، ސިނަމާލެ ބްރިޖު މަތީގައި ހިންގި އެކްސިޑެންޓެއްގައި އަނިޔާވި ދެމަފިރިންނަށް އެހީވުމުގައި އެމްޓީސީސީގެ މުވައްޒަފުންވަނީ ނަމޫނާ ދައްކަފަ އެވެ.
އެކުންފުނިންވަނީ އެމުވައްޒަފުންގެ އަގުވަޒަން ކޮށް ސެޓްފިކެޓް ދީފަ އެވެ. މިކަމާ ގުޅިގެން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ޝުކުރު އަދާކުރަައްވައިފައެވެ. އަދި އެގޮތުގައި އަބަދުވެސް ދެމިތިބުމަށް އެދިވަޑައިގަތެވެ.
ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފުވަނީ އެކުންފުންޏަށް ލިބިފަ އެވެ.
އެމްޓީސީސީއަކީ ވަރަށް ފުޅާދާއިރާއެއްގައި ބަހުގެ ޚިދުމަތާއި، ފެރީގެ ޚިދުމަތް ފަދަ އެތައް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. އެ ކުންފުނިން ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ދިނުމުގައި އެންމެ ޒަމާނީ އުޅަނދުތައް ބޭނުންކުރަމުންދާއިރު، އުޅަނދުތަކުގެ ސާފުތާހިރުކަމަށާއި، އުޅަނދުތައް ބޭނުންކުރާ މީހުންނާއި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވަނީ ވަރަށް ބޮޑު އިސްކަމެއް ދީފައެވެ. އަދި އެ ކުންފުނީގެ ޚިދުމަތްތަކުގައި ތިބޭ މުވައްޒަފުންނަކީ އެ ޚިދުމަތްތަކަށް އަހުލުވެރިކުރުވައި، ތަމްރީނުކޮށްފައިވާ މުވައްޒަފުންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!