ށ. ކޮމަންޑޫ ފުޓްބޯޅަ ދަނޑު ހެދުމުގެ މަސައްކަތް އިފްތިތާހު ކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ނަޝްރޫއު އިފްތިތާހުކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފެވެ. މި ރަސްމިއްޔާތުގައި، ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މިއީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި މަސައްކަތް ކޮށްދެނީ އިޖުތިމާއީ ޒިންމާގެ ދަށުންނެވެ.

މި މަސައްކަތުގެ ދަށުން، ފުޓްބޯޅަ ދަނޑުގެ ސަބްބޭސް އެޅުމާއި ޓާރފް އެޅުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް ވީހާވެސް އަވަހަށް ނިންމައި ހަވާލު ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.