އދ. މަހިބަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

އެ ކުންފުނިން ބުނިގޮތުގައި މި މަސައްކަތް ކުރުމަށް ބޭނުންވާ މީޑިއަމް ވޯލްޓޭޖް އަދި ލޯ-ވޯލްޓޭޖް ކޭބަލް މިހާރު ވަނީ އެރަށަށް ފޮނުވާފއެވެ. އެގޮތުން މީޑިއަމް ވޯލްޓޭޖްގެ 2000 މީޓަރުގެ ކޭބަލާއި، ލޯ-ވޯލްޓޭޖް 1000 މީޓަރުގެ ކޭބަލް ވަނީ މަހިބަދޫއަށް ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

ރާއްޖޭގެ އެކި ރަށްރަށުގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ސްޓެލްކޯއިން އަންނަނީ ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން ހިދުމަތް ދޭ ރަށްތަކުގެ ކަރަންޓުގެ ކެޕޭސިޓީއަކީ މި ބޭނުމުގެ ދަށުން ކުރާ މަސައްކަތެކެވެ.

ސްޓެލްކޯއިން އަންނަނީ ދެމެހެއްޓެނެވި ގޮތެއްގައި ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. މިއީ އިރުގެ އަލިން ކަރަންޓު އުފެއްދުމަށް އެ ކުންފުނިން ހިންގާ ޕްރޮޖެކްޓެކެވެ.