އަތޮޅުތަކުގެ ގެތަކުގައި ސޯލާ ސިސްޓަމް ހަރުކޮށް, އެގެއަކަށް އެކަށީގެންވާ ކަރަންޓު އުފެއްދުމުގެ ފުރުސަތު ފަހިކޮށްދޭ، ހޯމް ސޯލާ ޕްރޮގްރާމް ހިންގަން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ހިންގުން ފެނަކައާ ހަވާލުކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާއެވެ. ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ.
މިއީ 2023ގެ ނިޔަލަށް މަދުވެގެން 10 މެގަވޮޓުގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ގާއިމުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށާއި އެ އަހަރުގެ ނިޔަލަށް ރާއްޖޭގެ ކާބަން އެމިޝަން ނެޓް ޒީރޯއަށް ހެދުމަށް ސަރުކާރުން އަމާޒުކޮށްފައިވާތީ, އެ އަމާޒު ހާސިލުކުރުމަށް މަގުފަހިކުރުމަށް ފަށާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ ދަށުން ފަސް ކިލޯވޮޓް އާއި ތިން ކިލޯވޮޓްގެ ސޯލާ ޕީވީ ޕެކޭޖް ތައާރަފް ކުރާނެއެވެ. އަދި ގޭބިސީތަކަށް ކަރަންޓު ބޭނުންވާ ނިސްބަތަށް ބަލައި، އެކަށޭނެ ސައިޒް ކަނޑައަޅައި، ސާވޭ ކުރުމާއި އިންޖިނިއަރިން ޑިޒައިން، ހަރުކޮށްދިނުން އަދި ކޮމިޝަންގެ މަސައްކަތް ކޮށްދިނުންވެސް ހިމެނެއެވެ.
އެންމެ މަދުވެގެން 1000 އާއިލާއަށް މިކަމުގެ ލުއިފަސޭހަކަން ލިބިގެންދާނެ ޔަޤީނުން ވެސް، މި ޕްރޮގްރާމް އިތުރަށް ފުޅާކުރާނެ: @myfoona @MoEnvmv @TeamFenaka pic.twitter.com/sKPQtQaLZH
— Ahmed Anwar (@Simwarr) January 6, 2022
ފެނަކައިން ބުނީ, މި ޕްރޮގްރާމުގެ ދަށުން 300 ޔުނިޓުގެ ކަރަންޓު ބޭނުންކުރާ ގެއެއްގައި ދެ ކިލޯވޮޓުގެ ސިސްޓަމެއް ގާއިމުކޮށްފި ނަމަ, ކަރަންޓަށް މިހާރު ހޭދަކުރާ ނިސްބަތާ އަޅައިބަލާ އިރު, 90 އިންސައްތައަށްވުރެ ބޮޑު އަދަދެއް ކަރަންޓު ބިލުން ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި އެ ޕްރޮގްރާމުގެ ދަށުން ދޫކުރާ ހޯމް ސޯލާ ނިޒާމުތަކަކީ ނިސްބަތުން އަގުހެޔޮ, އަދި އިންސްޓޯލްމަންޓް އުސޫލުން ދޫކުރެވޭ ނިޒާމުތަކެއް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ސަރުކާރުން މި މަޝްރޫއު ހިންގަން ފެނަކައާ ހަވާލު ކުރާ ފައިސާއިން ދެ ކިލޯވޮޓް ގެ1000 ސޯލާ ސިސްޓަމް ގާއިމު ކުރާނެއެވެ. މިއީ ރިވޯލްވިން ފަންޑެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާތީ، މި އަދަދު މުސްތަގްބަލުގައި ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށް ފެނަކައިން ބުންޏެވެ.
މި ޕެކޭޖް ބައްޓަން ކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ލުއިފަސޭހަވާނެ ގޮތަށް، މި ނިޒާމު ރައްޔިތުން ބޭނުންކުރަން އަވަސް ކުރަންޖެހޭ: @myfoona @MoEnvmv @TeamFenaka pic.twitter.com/jMCh5lvFii
— Ahmed Anwar (@Simwarr) January 6, 2022
އެ ކުންފުނިން ބުނީ ދެ ކިލޯވޮޓްގެ 1000 ސިސްޓަމް ގާއިމު ކުރެވިއްޖެނަމަ ދައުލަތުންކަރަންޓު އުފެއްދުމަށްޓަަކައި އިމްޕޯޓުުކުރާ ތެލުގެ ތެރެއިން 9 ލައްކަ ލީޓަރު ތެޔޮ މަދުކުރެވިގެންދާނެ ކަމަށެވެ. މިއީ، މިހާރުގެ ޑީސަލްގެ އަގަށް ބަލާއިރު، އަހަރަަކަށް 10 މިލިއަން ރުފިޔާއެވެ. މިއާއެކު، އަހަރަކު ޖައްވަށް ދޫކުރެވޭ ވިހަ ގޭހުގެ ތެރެއިން 2500 ޓަނު ކާބަންޑައިއޮކްސައިޑް މަދު ވެގެންދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!