ނ.ލަންދޫގައި އަލަށް ޢިމާރާތްކުރި މަސްޖިދުލް ފުރުޤާން، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހުޅުވައިދެއްވައިފިއެވެ.
ރައީސް މި މިސްކިތް ހުޅުވާދެއްވާފައި މިވަނީ މިއަދު ނ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެރަށަށް ވަޑައިގެންނެވެ. 500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ މި މިސްކިތް އިމާރާތް ކުރުމަށް ހަވާލު ކުރެވުނީ ހައިމަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ.
އަންހެނުންނަށް ވަކިން ވުޟޫކުރުމާއި، ނަމާދުކުރެވޭނެ ގޮތް ހަމަޖައްސާފައިވާ މި މިސްކިތުގެ ނަމާދުކުރާ ބައިގެ ބޮޑުމިނުގައި 3024 އަކަފޫޓޫގެ ހުރެއެވެ.
މި މިސްކިތް އިމާރާތް ކުރުމުގެ އެއްބަސްވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ ސޮއިކުރައްވާފައިވާއިރު، އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ، ކުންފުނީގެ ޑިރެކްޓަރ މުހައްމަދު އައިމަންއެވެ.
އެގޮތުން މި މިސްކިތް ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި 2020 ވަނަ އަހަރު ޑިސެމްބަރ 22 ގައި ސޮއެކޮށްފައި ވާއިރު މި މިސްކިތުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ. އަދި މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަހުއެވެ.
President @ibusolih inaugurates the newly developed mosque on the island. pic.twitter.com/LqhIhZO1hS
— The President's Office (@presidencymv) January 4, 2022
މި މިސްކަތަކީ ދައުލަތުގެ ބަޖެޓުން 4.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހަދާފައިވާ މިސްކިތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!