އެމީހަކު ތާއީދުކުރާ ސިޔާސީ ޕާޓީގެ ފިކުރު ކުރިއަރުވަން ސިޔާސީ ދޮގު ހަދައި، މީހުންގެ އަބުރު ކަތިލުމުގައި ވަގުތުތައް ނަގާނުލުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ނަޞޭޙަތްތެރިވެ ވަޑައިގަންނަވައިފިއެވެ.

ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވެ ވަޑަައިގަންނަވާ، ސެއިޚް އިބްރާހިމް ރަޝީދު މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.

Ad
rt

ސެއިޚްގެ ޕޯސްޓްގައި ވަނީ، އެމީހަކު ތާއީދުކުރާ ޕާޓީގެ ވިސްނުމާއި ފިކުރު ކުރިއެރުވުމަށް، ސިޔާސީ ދޮގު ހެދުމާއި، މަލާމާތާއި، ފުރައްސާރަ ކުރުމާއި އަދި އަބުރު ކަތިލުމުގައި ޙަޔާތުގެ އަގުހުރި ވަގުތުތައް ނަގާނުލުމަށް ނަޞޭޙަތް ތެރިވެ ވަޑައިގަންނަވާފައެވެ.

"ކުރާ ހުރިހާކަމަކަށް ޖަވާބުދާރީވާންޖެހޭ ދުވަހެއް އޮތްކަން ހަނދާނުގައި ބަހައްޓާށެވެ." ސެއިޚް ވިދާޅުވެފަވެއެވެ.

ސެއިޚް އިބްރާޙީމް ރަޝީދު މިފަދައިން ނަޞޭހަތްތެރިވެ ވަޑައިގެންފައިވާއިރު، މުޖުތަމައުގައި އުފެދިފައިވާ ސިޔާސީ ވާދަވެރިކަމުގައި އެބައެއްގެ ފިކުރު ކުރިއަރުވައި، ތާއީދު ހޯދަން ބުހުތާން ދޮގުފަތުރައި، ފިތުނަވެރި ވާހަކަތައް އުފަންކޮށް، މީހުންގެ އަބުރު ކަތިލުމުގެ އެތައް ކަމެއް ހިނގަމުންދާކަން ޚުދު ސިޔާސީ ވާދަވެރިންވެސް އެއްބަޔަކު އަނެއް ބަޔަކަށް ގޮވައިހަދާ ފަހަރުތައް ވެސް އާދެއެވެ.