ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި އެސްޓީއޯ އިން ބައިވެރިވެއްޖެއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޕީޕަލްސް އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ސްޓޭޓް މިނިސްޓަރ އޮފް ޔޫތް މުހައްމަދު ނާސިހު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތްތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމެކެވެ. އެގޮތުން އެސްޓީއޯއިން ވަނީ ޖުމްލަ ހަ ދާއިރާއަކުން 26 ޖާގަ އަށް ފުރުސަތު ހުޅުވާލުމަށް ނިންމައިފައެވެ.
މި ޕްރޮގްރާމްގެ މުއްދަތަކީ ހަ މަސްދުވަހެވެ. މި ހަމަސް ދުވަހުގެތެރޭގައި، މަސައްކަތުގެ މާހައުލުގައި ބައިވެރީން މަދުވެގެން 800 ގަޑިއިރު ތަމްރީނު ކުރާނެއެވެ. މި ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެއެވެ.
We are pleased to sign an MOU with @MoYSCEmv to commence an apprenticeship program, where participants can gain proficient work experience, and learn different skills.
The duration of the agreement is 3 years. #TeamSTO #HappeningNow pic.twitter.com/SpIomPe0CJ— STO (@stoplc) January 4, 2022
މި ޕްރޮގްރާމްގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަޑްސް" ތަކާއި އެއްގޮތަށެވެ. އަދި އެސްޓީއޯގެ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެޕްރެންޓިސުން ކުރާ މަސައްކަތާއި އެކަށީގެންވާ އެލަވަންސެއްް އެ ކުންފުނިން ދޭނެއެވެ.
ޔޫތު މިނިސްޓްރީއާއެކު އެސްޓީއޯއިން ވެފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!