ދިވެހިރާއްޖޭގެ ކޮލެޖް އަދި ޔުނިވާސިޓީގެ ދަރިވަރުންނަށް އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ލިބޭ އީ ލައިބްރާރީގެ ޚިދުމަތް ދޭން ފަށައިފިއެވެ.
ޔޫއެންޑީޕީ އަދި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން ގުޅިގެން މި ޚިދުމަތް ފޯރުކޮށްދިނުން ރަސްމީކޮށް އިފްތިތާހް ކޮށްފައިވަނީ އިއްޔެއެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާފައިވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ކިޔަވައިދިނުމަށް މިފަދަ ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނާއި ލެކްޗަރާއިންނަށް ލިބުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށާއި ޖޭސްޓޯ ފަދަ އީ-ލައިބްރަރީއެއްގެ ސާވިސް ލިބުމަކީ ދަރިވަރުންގެ ކިޔެވުމުގެ ފެންވަރު އިތުރަށް ހަރުދަނާވާނެކަމެއް ކަމަށް ގަބޫލް ކުރައްވާ ކަމަށެވެ.
މީގެއިތުރުން މި ރަސްމިއްޔާތުގައި އެމިނިސްޓްރީގައި ރަޖިސްޓަރިކޮށް ހިންގަމުންދާ 14 ކޮލެޖް އަދި ޔުނިވާސިޓީއަކަށް ޖޭސްޓޯ ސަބްސްކްރިޕްޝަން ސެޓްފިކެޓް ހަޔާ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަން ވަނީ ހަވާލުކޮށްދެއްވާފައެވެ. އަދި މި ލައިބްރަރީގެ ސަބަބުން ތަފާތު ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކެޑެމިކް ޖާނަލް އާޓިކަލްތަކާއި ފޮތްތައް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ކަމަށް އެބޭފުޅާގެ ވާހަކަފުޅުގައި ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!