ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް، ނ އަތޮޅުގެ ހަ ރަށަކަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު މިރޭ ވިދާޅުވީ ނ އަތޮޅުގެ ހަ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޞާލިޙް މާދަމާ ފުރާ ވަޑައިގަންނަވާނެ ކަމަށެވެ.
މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އެ އަތޮޅުގެ ވެރިރަށް މަނަދޫގެ އިތުރުން މާފަރު، ލަންދޫ، މާއުނގޫދޫ އަދި ހޮޅުދޫ އަށެވެ.
ރައީސް ޞާލިޙްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލު ކުރައްވަން ހަމަޖެހިފައިވާއިރު، އެރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކާއިވެސް ބައްދަލު ކުރައްވާނެ އެވެ.
މި ދަތުރުފުޅަކީ ރައްޔިތުންގެ ހާލު ބެއްލެވުމުގެ ގޮތުން ރައީސް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!