އުރީދޫ މޯލްޑިވްސްގެ އެމްފައިސާ އެޕް މެދުވެރިކޮށް އައިލެންޑާސް ސްކޫލްތަކަށް ފީ ދެއްކޭ ގޮތް ހަދައިފިއެވެ.

އެމްފައިސާއިން މިހާރު ފީދެއްކޭ އައިލެންޑާސްގެ ސްކޫލްތަކުގެ ތެރޭގައި ބިލަބޮންގ ހައި ސްކޫލާއި ފިންލެންޑް އިންޓަނޭޝަނަލް ސްކޫލާއި ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދު ސްކޫލް ހިމެނެއެވެ.

Ad
rt

މި ސްކޫލްތަކަށް ފައިސާ ދައްކަން އެމްފައިސާ އިން ބޭނުންވާ ސްކޫލެއް ހިޔާރު ކުރުމަށްފަހު އެޑްމިޝަން ނަންބަރާއި ޕިން ޖެހުމަށްފަހު ފީ ދައްކަން ބޭނުންވާ ތާރީހު ހިޔާރު ކުރުމަށްފަހު ފައިސާ ދައްކާލެވޭނެއެވެ. ޕިން ބަދަލު ކުރަން ބޭނުންވާނަމަ އައިލެންޑާސް އެޑިއުކޭޝަން އެޕުން އެކަން ކޮށްލެވޭނެއެވެ.

އެމްފައިސާ އަކީ އުރީދޫގެ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓު މެދިވެރިކޮށް މިހާރު ގިނަ ހިދުމަތްތަކަކަށް ފައިސާ ދައްކާލެވެއެވެ.

ބީއެމްއެލް އާއި އެމްއައިބީ އާއި އެސްބީއައި އެކައުންޓުތަކުން އެމްފައިސާ ވޮލެޓަށް ކޭޝް އިން ކުރެވޭނެއެވެ.

އެމްފައިސާ ބޭނުން ކުރަން ބޭނުންވާ މީހުންނަށް އުރީދޫގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.