ރާއްޖޭގައި ހޯމް ސްޓޭ ޓޫރިޒަމް ފަށައި ފުރަތަަމަ ފަތުރުވެރިންނަށް މަރުހަބާ ކިޔައިފިއެވެ.

އާ އަހަރާއެކު ހޯމް ސްޓޭ ޓޫރިޒަމް ފެށީ މިއަދުއެވެ. މި ކޮންސެޕްޓް އެންމެ ފުރަތަމަ ފެށީ މ. ދިއްގަރުގައެވެ.

Ad
rt

ދިއްގަރަށް މިއަދު ދިޔަ ފަތުރުވެރިންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ. މި ފަތުރުވެރިންގެ ގްރޫޕުގައި ބޭރުގެ ދެމަފިރިއަކާއި އދ. އިން ރާއްޖެ ކަނޑައަޅާފައިވާ މަންދޫބު ކެތެރިން ހިމެނިވަޑައިގަންނަވައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި ގެސްޓްހައުސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ ނަޝީދާއި މަޓާޓޯގެ ރައީސް އަބްދުﷲ ސުއޫދު ބައިވެރިވެވަޑައިގެންނެވިއެވެ.

ހޯމް ސްޓޭ ފެށުމަށް އެންމެ ފުރަތަމަ ރަޖިސްޓްރީކޮށްފައި ވަނީ މ. ދިއްގަރުގެ "މޫރިތި" ގެއެވެ. އެ ގޭގެ ތިން ކޮޓަރީގައި ފަތުރުވެރިން ބޭތިއްބުމުގެ ލައިސެންސް ވަނީ ދީފައެވެ. މި ލައިސެންސް ހަވާލު ކޮށްދެއްވީ މިނިސްޓަރު މައުސޫމްއެވެ.