ދިވެހިންގެ އުފެއްދުންތަައް ވިއްކުމަށް ޕްލެޓްފޯމެއް ގާއިމް ކުރުމަށް މޯލްޑިވްސް ޕޯސްޓުން އޮންލައިން ފިހާރައެއް ހުޅުވައިފިއެވެ.
ކޮމިއުނިޓީ އޮންލަައިން ޝޮޕުގެ ނަމުގައި ހުޅުވި މި އޮންލައިން ފިހާރަ ހުޅުވީ އިއްޔެ ކުޅުދުއްފުށީ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޮންލައިން ފިހާރަ ހުޅުއްވަައިދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ، އާމިނަތު ޝއުނާއެވެ.
މި އޮންލައިން ފިހާރައަކީ ރަށްރަށުގައި އުފައްދާ ތަކެތި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމުގެ ފުރުސަތު އެތަކެތި އުފައްދާ ފަރާތްތަކަށް ހޯދައިދިނުމަށް ހުޅުވި ފިހާރައެކެވެ. މިއީ މޯލްޑިޗްސް ޕޯސްޓުގެ އީ ޓުކުރި ޕްލެޓްފޯމުގައި ހުޅުވާފައިވާ ވާޗުއަލް ފިހާރައެކެވެ.
އީޓުކުރި މެދުވެރިކޮށް މި ފިހާރައިން އަތޮޅިތަކުގެ ޕޯސްޓު އޮފީސްތައް ހުންނަ ރަށްތަކުގައި ވިޔަފާރި ކުރެވޭނެއެވެ. މިގޮތަށް ވިޔަފާރި ކުރުމުން އެ ތަކެތި ޕޯސްޓުގެ ޒަރީއާއިން ޑެލިވާ ކޮށްދޭނެއެވެ.
މޯލްޑިވްސް ޕޯސްޓުން ދިވެހިންގެ އުފެއްދުންތަކަށް ހާއްސަ “އޮންލައިން ފިހާރަ” އިފްތިތާހު ކުރުން!https://t.co/m5Wf3pbQnp @eTukuri_mv @MaldivesPost pic.twitter.com/AIV54YIJUu
— Thiladhun (@thiladhun) December 31, 2021
ރާއްޖޭގެ ހުރިހާ ރަށަކަށް މި ފިހާރައިގެ ހިދުމަތް ފުޅާ ކުރުމަށް މޯލްޑިވްސް ޕޯސްޓުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުރިހާ ރަށެއްގައި ވެސް އުފައްދާ ތަކެތި މި ބާޒާރުގެ ތެރެއަށް ވަނުމުގެ ފުރުސަތު ފަހިކޮށްދޭން މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ޕޯސްޓުން ބުންޏެވެ.
މި ކޮމިއުނިޓީ ޝޮޕުގައި އުފެއްދުންތެރިންނަށް ހިލޭ ތަކެތި ވިއްކުމުގެ ފުރުސަތު ލިބޭނެއެވެ. އަދި ރަށްރަށުގެ އުފެއްދުންތެރިން އުފައްދާތަކެތި، ރާއްޖޭގެ ކޮންމެ ރަށެއްގައި ތިބެގެން ވިއްކުމުގެ ދޮރު މި ކޮމިއުނިޓީ އޮންލަައިން ޝޮޕުން ފަހިކޮށްދޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!