މިއަހަރު ރާއްޖެއަށް 1.3 މިލިއަން ފަތުރުވެެރިން އަތުވެއްޖެއެވެ.

1.3 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ އައީ މިއަދު ހަވީރުއެވެ. އެއީ ރޯމޭނިއާގެ ރައްޔުތެއް ކަމަށްވާ ކޮންސްޓަންޓިން ސްޓެލިއަން އެމިލްއެވެ.

Ad
rt

ކޮންސްޓަންޓިންއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދާއި ޓޫރިޒަމް މިނިސްޓްރީ އަދު، އިމިގްރޭޝަނާއި އެމްއޭސީއެލްގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ކޮންސްޓަންޓިން ސްޓެލިއަން އެމިލް ރާއްޖެ ޒިޔާރަތްކުރި ދެ ވަނަ ފަހަރެވެ. މި ދަތުރުގައި އޭނާއާއެކު އޭނާގެ އަނބިމީހާ އަދި ދެ ދަރިން ވެސް ރާއްޖެއައެވެ.

މިނިސްޓްރީން ބުނިގޮތުގައި ދިމާވި ގޮންޖެހުންތަކާއެކުވެސް 1.3 މިލިއަން ފަތުރުވެރިންނަށް މަރުހަބާ ކިޔުމަކީ ލިބޭ ޝަރަފެކެވެ. އަދި ރާއްޖެއިން މި ކާމިޔާބީ ހާސިލްކޮށްފައި ވަނީ ފްރަންޓްލައިން މަސައްކަތްތެރިންނާއި، ސަރުކާރާއި، މިނިސްޓްރީތަކާއި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ކުރިޔަށް އޮތް އަހަރަކީ ރާއްޖޢގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ އަހަރެވެ. އަހަރު ފެޑުމުގެ ގޮތުން ހާއްސަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. މީގެ ތެރޭގައި، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާރޓައިގައި އެކަނިވެސް 60 އިން-ޕާރސަން ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި 17 ފެއާ އާއި، ރޯޑްޝޯތަކާއި އެހެނިހެން ހަރަކާތްތައް ފާހަގަކޮއްލެވެއެވެ.