އުރީދޫގެ އީކޮމާސް ޕްލެޓްފޯމް މޫލީ އިން އަހަރީ ބަންދާ ގުޅިގެން "އިޔާ އެންޑް ސޭލް" އެއް ފަށައިފިއެވެ.

މޫލީގެ މި ސޭލްގެ ދަށުން އެ ޕްލެޓްފޯމުގައި ވިއްކާ ޕްރޮޑަކްޓުތަކުން 40 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

Ad
rt

މޫލީ އިޔާ އެންޑް ސޭލް އަށް ޚާއްޞަ ސެކްޝަންއެއް އުރީދޫ އެޕް އަދި މޫލީ ވެބްސައިޓްގައި ފެންނާނެއެވެ. ސްމާޓް ފޯން އާއި ޑިޖިޓަލް އެހެނިހެން ގެޖެޓްސް މޫލީ އިޔާ އެންޑް ސޭލުން ލިބޭނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް މޫލީ އިން ވިޔަފާރި ކުރެވޭނެއެވެ. މިގޮތަށް ގަންނަ ތަކެތި ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ހިލޭ ޑެލިވަ ކޮށްދޭނެއެވެ.

މި އިޔާ އެންޑް ސޭލަށް ކޮންމެ ނެޓްވޯކަކުންވެސް ވަދެ ހެޔޮ އަގުގައި ވިޔަފާރިކުރެވޭނެއެވެ.

މި ސޭލް ކުރިއަށް ދާނީ މިއަދުން ފެށިގެން ޖެނުއަރީ 10އާ ހަމައަށެވެ.