ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައުލީމު އުނގަންނައިދެމުން އަންނަ އަމިއްލަ ކޮލެޖެއްކަމަށްވާ އެވިޑް ކޮލެޖުން އެ ކޮލެޖުގެ 2020-2021 ވަނަ އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ދެ ދަންފަޅިއަކަށް ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތު އޮތީ އިއްޔެ ހުޅުމާލޭގެ ހުރަވީ ސްކޫލްގައެވެ. ފުރަތަމަ ދަންފަޅި ޝަރަފްވެރިކޮށް ދެއްވާފައި ވަނީ ޑރ. ރަޝީދާ މުޙައްމަދު ދީދީއެވެ.

Ad
rt

ދެވަނަ ދަންފަޅި ކުރިއަށް ގެންގޮސްފައި ވަނީ ރޭގަނޑުއެވެ. މި ދަންފަޅީގެ ޝަރަފްވެރި މެޚްމާނަކީ އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން( އައިއޯސީސީ)ގެ ރައީސް، އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އެވިޑްކޮލެޖްގެ ޗެއާމަނަށް ލަފާއަރުވާ ޚާއްޞަ މުސީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު އެވެ.

މި ދެންދަފަޅީގައި ވެސް އެވިޑްކޮލެޖްގެ ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދާއި، އެ ކޮލެޖްގެ ކައުންސިލާއި، ކޮލެޖްގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި އެވިޑްކޮލެޖްގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި، މީގެ 16 އަހަރު ކުރިން އެވިޑް ކޮލެޖް ޗެއާމަން ޢަބުދުﷲ މުޝްތާޤް ރަޝާދު ފެއްޓެވި މި މަސައްކަތާއެކު، ޗެއާމަން މުޝްތާޤްގެ މޭސްތިރިކަމުގެ ދަށުން މިއަދާއި ހަމައަށް އެ ކޮލެޖުންން ހާސިލްކޮށްފައިވާ އެކި ކާމިޔާބީތަކަށް އަލިއަޅުވާލައި ރިޕޯޓްތައް ގެނެސްދީފައި ވެއެވެ.

މި ރަސްމިއްޔާތުގައި އެވިޑްގެ ފެކަލްޓީތަކުން ދަސްވެނިމުނު ދަރިވަރުންނަށް ސަނަދު ހަވާލުކޮށްފައިވާއިރު، ފެކަލްޓީތަކުގެ އެކި ޕްރޮގްރާމްތަކުން އެންމެ ރަނގަޅު ނަތިޖާ ހޯދި ދަރިވަރުންނަށް އެވިޑްކޮލެޖްގެ މަތީ އަރުތަވެރިންގެ އެވޯޑް ވެސް ވަނީ އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެވިޑްގެ ޗެއާމަން މުޝްތާޤްވިދާޅުވީ، އެ ކޮލެޖުން މާސްޓާ ޑިގްރީ ހާސިލްކުރި ދަރިވަރުން އެ ކޮލެޖްގެ ރިސާޗްތައް ހެދުމުގައި ބައިވެރިވާތަން ދެކިވަޑައިގަންނަން ބޭނުންފުޅުވާކަމަށެވެ. އަދި އެވިޑްގެ ހަރަކާތްތަކުގައި އެކޮލެޖުގެ ދޮރުން ނުކުންނަ ދަރިވަރުންނަށް ބައިވެރިވެވި، ތަޖުރިބާ ހޯދުމުގެ ފުރުޞަޠު ފަހިވެފައިވާކަމަށް ވެސް ޗެއާމަން ވިދާޅުވިއެވެ.

އެވިޑްގެ ތަޢުލުމީ ދަތުރު ސިފަކުރައްވަމުން މުޝްތާޤް ވިދާޅުވީ، އެ ދަތުރު ސިފަކުރައްވަނީ ބޮޑު އާގު ބޯޓެއްގައި، ގަދަ ކަނޑެއްގައި ގިނަ މައްސަލަތަކެއް ހިފައިގެން ކުރި ދަތުރެއްގެ ގޮތުގައިއެވެ. ބައެއް ހަމަލާތަކުން ރެކެންޖެހޭ ހާލަތު މެދުވެރިވި ނަމަވެސް، އެއްވެސް ހުއްޓުމެއްނެތި މިއަދާހަމައަށް މަސައްކަތްކުރެއްވީ އަމާޒަށް ވާސިލްވުމަށް ކަމަށް ޗެއާމަން ވަނީ ފާހަގަ ކުރަށްވާފައެވެ.

އެވިޑް ކޮލެޖްގެ ތަސައްވުރަކީ، އެ ވިޑްކޮލެޖަކީ ބައިނަލްއަގްވާމީ ގުޅުންތަކާއެކު ދިވެހިރާއްޖޭގައި މަތީ ތައުލީމްދޭ އިސް މުއައްސަސާއަކަށް ހެދުމެވެ.

އެވިޑް ކޮލެޖްގައި ތިންހާހެއްހާ ދަރިވަރުން އުނގެނެމުން ދެއެވެ.