އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ ސްޓޭޓަސް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަށް ލިިބިއްޖެއެވެ.

ދި އެސޯސިއޭޝަން އޮފް ޗާޓަރޑް ސަޓިފައިޑް
އެކައުންޓެންޓްސް (އޭސީސީއޭ) އިން "އެޕްރޫވްޑް އެމްޕްލޯޔާ" ސްޓޭޓަސް އެމްޓީސީސީއަށް އެވޯޑުކުރީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 23 ގައެވެ. މި ސްޓޭޓަސް އެވޯޑުކޮށްފައިވަނީ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ލެވަލްގައެވެ.

Ad
rt

އޭސީސީއޭ ދަރިވަރުންނާއި، އެފިލިއޭޓުންނާއި އަދި މެމްބަރުން ވަޒީފާތަކަށް ހޯދާ، ތަމްރީންކޮށް، ބޭތިއްބުމުގައި އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔ ސްކީމް މުހިއްމު ދައުރެއް އަދާކޮށްދެއެވެ. އެހެންވެ، އެމްޓީސީސީއަށް މި ސްޓޭޓަސް ލިބުމަކީ އެ ކުންފުނީގައި ވަޒީފާއަދާކުރާ އޭސީސީއޭ ދަރިވަރުންނާއި އެފިލިއޭޓުންނަށް ފޯރުކޮށްދޭ ތަމްރީނާއި ކުރިއަށް ދިއުމަށް ހުރި ފުރުސަތުތަކަކީ މަތީ ފެންވަރުގެ ތަމްރީންތަކެއްކަން ޔަގީން ކޮށްދޭ ކަމެކެވެ.

އޭސީސީއޭ އެޕްރޫވްޑް އެމްޕްލޯޔާ ސްޓޭޓަސް އެމްޓީސީސީއަށް ލިބިފައިވުމާއެކު، އެމްޓީސީސީގައި ވަޒީފާއަދާކުރާ އޭސީސީއޭ މެމްބަރުންނަށް އޭސީސީއޭގެ ޕްރޮފެޝަނަލް ޑިވެލޮޕަމަންޓް (ސީޕީޑީ)ގެ ޝަރުތުތައް ފުރިހަމަވާނެއެވެ.