ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ
ހަވާލުކޮށްފިއެވެ

މިއަދު އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މަސައްލަތުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ގައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލާ ޑރ. މުހައްމަދު ޝަރީފެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، ޝީޓް ޕައިލްކޮށްފައިވާ 1,200 ކިޔުބިކް މީޓަރުގެ ލޭންޑް ފިލްކޮށް، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގާ ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭންޕެއް ހެދުމާއި، ވައު އައްސާ މޫރިން ބޮލްޑަރު ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެއެވެ.

މީގެ އިތުރުން މި ޕްރޮޖެކްޓުގެ އެންވައިރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

މީއީ 4.59 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.