މަސްތުވާތަކެތި ރާއްޖެ އެތެރެކޮށް ޓްރެފިކް ކުރުމުގެ ތުހުމަތުގައި 14 މީހަކަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އިން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ޕީޖީ އިން މިއަދު ބުނެފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދަޢުވާތައް ކުރުމަށް 20 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.

Ad
rt

އެގޮތުން ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ ހުށައަޅާފައިވަނީ:

1. އިބްރާހީމް ސިނާނު ، ހދ. ކުމުންދޫ، ޑިއާފުރެންޑް
2. އިބްރާހީމް ޒާއިދު ޙަބީބު ، ގއ. ކޮލަމާފުށި، ސޯސަންގެ
3. އަޙްމަދު މާހިރު ، ކ. މާފުށި، ސްވީޓްމީޑް
4. ޑީއެމް މޮބިން ، ބަނގްލަދޭޝް ރައްޔިތެއް
5. ޖުމާން މުސްޠަފާ ، ނ. ވެލިދޫ، ބީޗްހެވަން
6. މުޙައްމަދު އަޙްމަދު ، ލ. ކަލައިދޫ، ޖަނަވަރީމާގެ
7. އެމް.ޑީ ރަފީޤުލް އިސްލާމް ، ބަނގްލަދޭޝް ރައްޔިތެއް
8. މުޙައްމަދު ޙުސައިން ، ދ. ބަނޑިދޫ، ޕޮލަރިސް

ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ:

1. މިދުޙަތު އިބްރާހީމް ، ގއ. ދެއްވަދޫ، ދޭލިޔާގެ
2. އަޙްމަދު ސިރުޙާން ޝަމީމް ، މ. ކޮޅުފުށި، ޒަހީރާމަންޒިލް
3. ޖުމާން މުސްޠަފާ ، ނ. ވެލިދޫ، ބީޗްހެވަން

4. މުޙައްމަދު އަޙްމަދު ، ލ. ކަލައިދޫ، ޖަނަވަރީމާގެ
5. އެމް.ޑީ ރަފީޤުލް އިސްލާމް ، ބަނގްލަދޭޝް ރައްޔިތެއް

މީގެ އިތުރުން ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ފޮނުވާފައިވަނީ ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިންގެ މައްޗަށެވެ.

ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 10 މީހަކު ހައްޔަރު ކޮށްފައިވެއެވެ.

ނަމަވެސް އެ އެއްޗެހި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ބަންދުގެ މުއްދަތު ވެސް އިތުރުނުކޮށް ކޯޓުން އޭރު ވަނީ އެމީހުން ދޫކޮށްލާފައެވެ.