ށ. ފީވަށް ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރު ކުރުމުގެ މަޝްރޫއުގެ ބޮޑު ބައި ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ( އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން ސަބް ބޭސް ތައްޔާރު ކުރުމުގެ މަސައްކަތުގެ 72 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ކާނު ގަނޑު ހަރުކުރުމުގެ މަސައްކަތުގެ 98 އިންސައްތަ ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 8400 އަކަ މީޓަރުގެ ސަރަހައްދެއް ސާފުކޮށް، ފުޓްބޯޅަ ދަނޑުގެ 2940 ކިއުބިކް މީޓަރުގެ ސަރަހައްދެއް ކޮނެ، ބިންގަނޑު އެއްވަރުކުރަން 4511.70 ކިއުބިކް މީޓަރުގެ ވެލި ބޭނުންކުރާނެއެވެ.

މީގެ އިތުރުން 460.29 އަކަ މީޓަރުގެ ސަރަހައްދެއްގެ ކާނުގަނޑު ވަށައިގެން ޕޭވްމަންޓް ހެދުމާއި، ކާނު ގަނޑަކާއި ފެންހިންދާ ވަޅުގަނޑެއް ކޮނުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.

މިއީ 2.68 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.