ރ. ދުވާފަރު މަގުހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ހަދާ މަގުތަކުގެ އޭބީސީ އަޅަން ބޭނުންވާ ސާމާނު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން މިހާރު ކުރަނީ ފެން ހިންދާ ނިޒާމުގެ މަސައްކަތެވެ. މި މަސައްކަތުގެ 57 އިންސައްތަ ވަނީ ނިމިފައެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން، 17790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 4960 އަކަ މީޓަރުގެ ހިނގާ ސަރަހައްދެއް ގާއިމުކުރާނެއެވެ. އަދި ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ37.8 މިލިއަން ރުފިޔާއަށެވެ.

ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ފުރަތަމަ ފިިޔަވަހީގެ މަސައްކަތް މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ އެމްޓީސީސީމް ވަނީ ނިންމާލައިފައެވެ. މި ފިޔަވަހީގެ ދަށުން 2.7 ކިލޯމީޓަރު ދިގު 12 މަގެއްގައި ވަނީ ތާރުއަޅާފައެވެ.

މީގެ އިތުރުން މި ފިޔަވަހީގެ ދަށުން 25,513 އަކަމީޓަރުގެ ދުއްވާ ސަރަހައްދެއް ގާއިމުކޮށް، 6،564 އަކަ މީޓަރުގެ ސަރަހައްދެއްގައި ހިނގާ ސަރަހައްދެއް ގާއިމުކޮށް، ފެންހިންދާ ނިޒާމެއް ވަނީ ގާއިމް ކޮށްފައެވެ.