އުރީދޫ އެމް ފައިސާއިން ބިލު ދައްކައިގެން 10 އިންސައްތަ އަނބުރާ އެކައުންޓަށް ލިބޭ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސް އިން ފަށައިފިއެވެ.

މި ކޭޝްބެކް ޕްރޮމޯޝަނުގެ ދަށުން ރެސްޓޯރެންޓުތަކަށް ބައެއް ސުޕާމާޓުތަކުގެ ބިލު ދައްކާ ކަސްޓަމަރުންނަށް 10 އިންސައްތަ އަނބުރާ ލިބޭނެއެވެ. މީގެ ތެރޭގައި ސެމިލީސް އާއި ދަ ޑައިނާސް ކްލަބް އާއި ދަ ގްރޯވް އާއި ރެޑްވޭވް އާއި ވީބީ މާޓާއި ޑަބްލިއުއެޗްއައިއެމް ފަދަ ތަންތަން ހިމެނެއެވެ.

Ad
rt

ކަސްޓަމަރުންނަށް އަނބުރާ ލިބޭ ފައިސާ ޖަމާވާނީ އެމްފައިސާ އެކައުންޓަށެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ ނިޔަލަށެވެ.

އުރީދޫ އެމް ފައިސާ އަކީ ފަސޭހައި ބިލުތައް ދެއްކޭގޮތަށް ތައާރަފު ކޮށްފައިވާ ޑިޖިޓަލް ވޮލެޓެކެވެ. މި ވޮލެޓަށް ބީއެމްއެލް އާއި އެމްއައިބީ އާއި އެސްއައިބީ އެކައުންޓުތައް މެދުވެރިކޮށް ކޭޝް އިން ކުރެވޭނެއެވެ.

އެމްފައިސާ ބޭނުންވާ ކަސްޓަމަރުންނަށް އުރީދޫ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ފަސޭހަކަމާއެކު ރަޖިސްޓްރީ ކުރެވޭނެއެވެ.

އުރީދޫ އެމްފައިސާ އެޕް ޑައުންލޯޑް ކުރުމަށްފަހު އެމް-ފައިސާ ރެޖިސްޓްރޭޝަން ފުރިހަމަ ކުރާށޭވެ. އެމްފައިސާގެ އެކައުންޓް އެކްޓިވޭޓް ކުރެއްވުމަށް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމަށްފަހު މޮބައިލް ނަންބަރު ޖަހާ އެ ހަތަރު އަކުރުގެ ޕިން ނަންބަރު ޖަހާނީއެވެ. ދެވަނަ ފަހަރަށް މޯބައިލް ނަންބަރު ޖެހުމަށް ފަހު ކުރިން ޖެހި ޕިން ނަންބަރު ޖަހާ އަނެއްކާވެސް ފޯނަށް ލިބޭ އޯޓީޕީ ނަންބަރު ޖެހުމުން ރެޖިސްޓްރޭޝަން ފުރިހަމަ ވާނެއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެ ތަނަކުން، އަދި ކޮންމެ ވަގުތެއްގައި ވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ހިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުން ކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް، މޯލްޑިވް ގޭސް އަދި ވިލާ ގޭސް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ.