އެސްޓީއޯ އިން އަހަރު ނިންމާލަމުން ''އެކުލަ މިކުލަ'' ނަމުގައި ނިޕޯން ޕެއިންޓަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަން އިފުތިތާހު ކޮށްދެއްވީ އެސްޓީއޯގެ ޖެނެރަލް މެނޭޖަރު މަރިޔަމް ނުޒްލާއެވެ.

Ad
rt

މި ޕްރޮމޯޝަނުގެ ދަށުން ނިޕޯން ޕެއިންޓުގެ ކުލަޔާއި ދަަވާދު ގަންނަ ކަސްޓަމަރުންނަށް 20 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އަދި މިތަކެތި ގަންނަ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ތިން ފަރާތަކަށް ދުބާއީގެ ދެކޮޅު ޓިކެޓް ލިބޭނެއެވެ.

މި ލަކީޑްރޯގައި ބައިވެރިވެވޭނީ 500 ރުފިޔާ އިން މަތީ ވިޔަފާރި ކުރާ ކަސްޓަމަރުންނަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމެންޓް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގައެވެ.

ނިޕޯން ޕެއިންޓު ރާއްޖެއަށް އެތެރެކޮށް ވިއްކަނީ އެސްޓީއޯއިންނެވެ. މިއީ ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ މޮޅު ބްރޭންޑެކެވެ.